ފޭސްބުކް ނިއުސް ފީޑަށް ގެންނަން އުޅޭ ބޮޑެތި ބަދަލުތަކުން ވިޔަފާރިވެރިންނާއި ނޫސްވެރިންނަށް ގެއްލުންތަކެއް ވާނެކަން ހާމަވެއްޖެ އެވެ.
މި ފެށޭ ހަފުތާއިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައި ވާއިރު ފޭސްބުކްގެ ފައުންޑަރ އަދި ސީއީއޯ މާކް ޒަކަރބާގް ވިދާޅުވީ ފޭސްބުކް ނިއުސް ފީޑަށް ގެންނަން ނިންމާފައިވާ ބަދަލުގެ ސަބަބުން ވިޔަފާރީތަކާއި މީޑިއާތަކުގެ ޕޯސްޓުތައް މަދުން ފެނިގެންދާނެ ކަމަށެވެ.
މާކް ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރު އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ފޭސްބުކްގައި މީހުން ހޭދަކުރާ ވަގުތުތަކަކީ ރަނގަޅު ހެޔޮ ގޮތުގައި ހޭދަކުރެވޭ ވަގުތުތަކަށް ހެދުމަށް މަސައްކަތް ކުރުން ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލު
