މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ވިޝުއަލް މާކެޓިންގ މެޓީރިއަލްސް (ގްރެފިކްސް، އެނިމޭޝަން، ވީޑިއޯ އަދި އިންޓަރއެކްޓިވް ގްރެފިކްސް) ފަދަ ތަކެތި 01 އަހަރު ދުވަހުގެ މުއްދަތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފި އެވެ.
މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޮގަސްޓް 19ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 03:00ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރައްވަން ޖެހެއެވެ. އަދި 2021 އޮގަސްޓް 29 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ގެ، ކުރިން އެ ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ދެވަނަ ފަންގިފިލާ)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވެސް އެދިލައްވައެވެ.
އެމްއެމްޕީއާރްސީން ކޮށްފައިވާ އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކޮށްފައި ވެއެވެ. މީގެ އިތުރުން، އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 2021 އޮގަސްޓް 25 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00ގެ ކުރިން އިޢުލާނުގައި ބުނެފައިވާ ގޮތަށް އީމެއިލް އެޑްރެސް: [email protected] copy to [email protected] އަށް އީމެއިލް ކުރެއްވުމުގެ އިޚްތިޔާރުވެސް ދީފައިވެއެވެ.
އީމެއިލް ކުރެއްވުމަށް އިޢުލާނުގައިވާ ގޮތް ހިއްސާކޮށްލާނަމެވެ.
ސަބްޖެކްޓް: ޓު ހަޔަރ އަ ކްރިއޭޓިވް އޭޖެންސީ (To hire a creative agency)
އީމެއިލް އެޑްރެސް: [email protected] copy to [email protected]
ނަން: އަޙްމަދު ސާއިފް
މަޤާމް: އެސިސްޓަންޓް ޑިރެކްޓަރ
