ބޮލީވުޑްގެ ދެ ސުޕަ-ސްޓާރުން ކަމަށްވާ ސަލްމާން ޚާނާއި، ކެޓްރީނާ ކެއިފް “ޓައިގަރ 03” ގެ ޝޫޓިންގ އަށް، މިމަހު 18 ވާ ބުދަ ދުވަހު ރަޝިއާއަށް ފުރަން ހަމަޖެހިއްޖެއެވެ.

“ޓައިގަރ 03” ގެ ޓީމު ބުދަ ދުވަހު ރަޝިއާއަށް ދާން ހަމަޖެހިފައިވާއިރު ފިލްމުގެ ޝޫޓިންގ ރަޝިއާގެ އިތުރުން 02 ޤައުމެއްގައި ނަގަން ވަނީ ހަމަޖެހިފައެވެ. އެއީ ތުރުކީ ވިލާތާއި އޮސްޓްރޭލިއާއެވެ.

ބޭރުގެ ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި ފިލްމުގެ މަންޒަރުތައް ތުރުކީގައި އާއި އޮސްޓްރޭލިއާގައި ނަގާނީ ރަޝިއާގައި ނަގަންޖެހޭ މަންޒަރުތައް ނަގާ ނިންމައިފައެވެ.

5 reasons we are excited to watch Salman Khan's Tiger Zinda Hai | Bollywood News – India TV

މަނީޝް ޝަރުމާ ޑައިރެކްޓްކުރާ “ޓައިގަރ 03” އަކީ 2012 ވަނަ އަހަރު ނެރުނު ފިލްމު “އޭކް ތާ ޓައިގަރ” ސީކުއެލްގެ ތިންވަނަ ބައެވެ. މީގެ ދެވަނަ ބައި ވަނީ “ޓައިގަރ ޒިންދާ ހޭ” ގެ ނަމުގައި 2017 ވަނަ އަހަރު ރިލީޒްކޮށްފައެވެ.

އިންޑިއާގެ ޔާޝް ރާޖް ފިލްމްސް (ވައި.އާރު.އެފް) އިން ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމަކީ ވެސް ކޮވިޑް-19 ގެ ސަބަބުން ލަސްވެގެން ދިޔަ މަސައްކަތެކެވެ.

ސަލްމާން ޚާން އެންމެ ފަހުން ފެނުނީ މިއަހަރުގެ މެއި 13 ވަނަ ދުވަހު ރިލީޒްކުރި ފިލްމު “ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ” އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިހާރު ޝޫޓިންގ އެއްކޮށް ނިމިފައި އޮތް “އަންތިމް: ދަ ފައިނަލް ޓްރުތު” އާއި ފިލްމުގެ ނަން “ބައިޖާން” އަށް ބަދަލުވި ފިލްމާއި “ކިކް 02” ގެ އިތުރުން “ދަބަންގ 04” ހިމެނެއެވެ.

ކެޓްރީނާ އެންމެ ފަހުން ފެނުނީ 2019 ވަނަ އަހަރު ނެރުނު ފިލްމު “ބާރަތު” އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.