ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮކޯ ސްޓޫޑިއޯގެ “ލޯބިވިޔަސް” 26 އޯގަސްޓްގައި!

ތަޖުރިބާކާރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ)ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ‘ކޮކޯ ޕްރޮޑަކްޝަން’ އިން އުފައްދާފައިވާ ޑްރާމާ ސީރީޒް “ލޯބިވިޔަސް” މި އަހަރު އޯގަސްޓް މަހު 26ގައި ސްޓްރީމްކުރަން ފަށާނެ ކަމަށް ބައިސްކޯފުން ބުނެފިއެވެ.

“ލޯބިވިޔަސް” އަކީ މަޝްހޫރު އެކްޓަރ އަދި ”ހުވާ“ ފަދަ އަސަރުގަދަ ޑްރާމާތަކުގެ ޑައިރެކްޝަންގައިވެސް ހަރަކާތްތެރިވެފައިވާ މުޙައްމަދު ފައިސަލްގެ ޑައިރެކްޝަން އެއް ފެނިގެންދާނެ އަށް އެޕިސޯޑްގެ ޑްރާމާ ސީރީޒެކެވެ.

”ލޯބިވިޔަސް“ގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ މިވަގުތު ދިވެހި ފިލްމީ ދާއިރާގައި އެންމެ ވަރުގަދައަށް ފިޔަޖަހަމުން އަންނަ ތަރިންތަކެކެެވެ. އެގޮތުން މުޙައްމަދު ފައިސަލް، ނާޝިދާ މުޙައްމަދު (ނާއްކޮ)، ނުޒުހަތު ޝުޢައިބް (ނުޒޫ)، އަޙްމަދު ޢީސާ (އާނަންދު)، މަރްޔަމް މަޖުދާ (މަޖޫ)، އަޙްމަދު އާސިމް ހިމެނެއެވެ.

މީގެ އިތުރުން ސަޕޯޓިން ރޯލުތަކުން ފެނިގެންދާނީ ފާޠިމަތު ފައިނާ، އަޙްމަދު ޝާން، މުޙައްމަދު ރިފްޝާން (ރިއްޕެ)، އާމިނަތު ޝަމްރާ، ޢާއިޝަތު ޝިފާނާ، މުޙައްމަދު ރަޝާދުގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ ޢަބްދުﷲ މާއިޒް އަޙްމަދު އެވެ.

މި ސީރީޒްގެ ޓްރެއިލާއެއް މިމަހު 19ގައި ބައިސްކޯފުން ރިލީޒްކޮށްފައި ވެއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top