ރާއްޖޭގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން އިބްރާހީމް ރަޝީދު (ހާބުރި)، މުނިއަވަސްގެ “ކްލަބްހައުސް ޚަބަރު / ކޯދު: ހާބުރި ސްޕެޝަލް” ގަައި މިރޭ ބައްދަލުކުރާނެއެވެ. މިރޭ 10:00ގައި ގެނެސްދޭ މި ޝޯވ ހުށައަޅައިދޭނީ ޢީސާ ޝަރީފް އެވެ.
އުމުރުން ސައުރަހަތްތަރީގައި އުޅުނަސް މިއަދުވެސް ހާބުރި ރަޝީދަށް މާބޮޑު ބަދަލެއްް ނާދެއެވެ. ހަމަ ގައިމުވެސް އޭނާގެ ވަރުގަދަ އަދި ތަފާތު އަޑު މިހާރުވެސް ހަމަ ވަރަށް ސަޅިއެވެ. މިހާރުގެ މަޝްހޫރު ބޭންޑެއް ކަމަށްވާ ޑިންބާ މިއުޒިކާއެކު މީގެ ދެތިން އަހަރެއް ކުރިން ހާބުރި ކިޔާފައިވާ ރެގޭ ސްޓައިލްގެ ދެތިން ލަވަައަކުންވެސް އެކަން ނުހަނު ބޮޑަށް އެނގި ސާފުވެއެވެ.
ރާއްޖޭގެ މިއުޒިކީ ޖައްވުގައި އެންމެ އަލިގަދަކޮށް، ވަރުގަދައަށް ވިދައިލި މުނިފޫހިފިލުވައިދޭ އެކުވެރިޔާ، ހާބުރި ރަޝީދު މަޝްހޫރުވީ އޭނާގެ އަމިއްލަ މަސައްކަތުންނެވެ. އަމިއްލަ ސްޓައިލްގައި ލަވަ ހުށައަޅައިގެންނެވެ. އޭނާގެ ގިނަ ލަވަތައް ހަދާފައިވަނީ އަމިއްލައަށެވެ.
ހާބުރި ރަޝީދުގެ އިތުރު އެއްވެސް ވާހަކައެއް މިތަނުގައި ދައްކާކަށް ނެތީމުއެވެ. ދައްކާނެ ވާހަކަތައް ގިނަކަމުންނެވެ. މިރޭގެ ޝޯވގެ ކުރިމަރައިލުމަށް ބޭނުންނުވާތީ އެވެ. މުނިއަވަސްގެ “ކްލަބްހައުސް ޚަބަރު / ކޯދު: ހާބުރި ސްޕެޝަލް” މެދުވެރިކޮށް ލައްކަ ގިނަ ވާހަކަތައް މިރޭ އިވިގެންދާނެއެވެ. އެހުންތެރިންނަށް އެއްވެސް ހުރަހެއް ނެތި ހާބުރި ރަޝީދު އާއި ސުވާލުވެސް ކޮށްލެވޭނެއެވެ.
މިރޭގެ ޝޯވްްގެ ލިންކަން ކްލިކްކޮށްލައި ނޮޓިފިކޭޝަން އޮންކޮށްލައްވައިގެން ތައްޔާރަށް ތިއްބަވާށެވެ.
މުނިއަވަސްގެ “ކްލަބްހައުސް ޚަބަރު / ކޯދު: ހާބުރި ސްޕެޝަލް“ގެ ލިންކް: https://www.clubhouse.com/join/muniavas/yJkYxyhB/M4rrqwrJ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!