މި އަހަރުގެ ކުރީކޮޅު ކައިވެނިކުރި އިންޑިއާގެ ބަތަލާ ގޯހަރް ޚާނާއި ފިރިމީހާ ޒައިދު ދަރުބާރް، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ. އެމީހުން ރާއްޖެއަށް އައީ ގޯހަރްގެ އުފަންދުވަސް ފާހަގަކުރުމަށް މިމަހު 25 ވަނަ ދުވަހުއެވެ.
ގޯހަރްގެ ފޯޓޯތައް މީސްމީޑިއާގައި އޭނާ ހިއްސާކުރަމުން ރާއްޖޭގެ ހިތްގައިމު މާހައުލާ ބެހޭގޮތުން ހިތްގައިމު އިބާރާތްތައް ލިޔަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެއިގެ ތެރެއިން ސްޓޭޓަސް އެއްގައި ގޯހަރް ބުނީ، އޭނާ ކައިވެނި ކުރުމަށްފަހު ރާއްޖެ އައުމުގެ ހުވަފެން އަބަދުވެސް ދެކެމުން އައި ކަމަށެވެ.
ފުރަވެރި ރިސޯޓްގައި މިވަގުތު ޗުއްޓީހޭދަކުރަމުން އަންނަ ގޯހަރްް އަކީ ރިއަލިޓީ ޝޯ “ބިގް ބޮސް 7” ކާމިޔާބުކުރި ފަންނާނެވެ. އައިޓަމް ގާރލް އެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގޯހަރް އަކީ ބޮލީވުޑްގެ ފިލްމުތަކުގެ ސައިޑްރޯލުތަކުން ފެންނަ މޫނެކެވެ.
View this post on Instagram
ގޯހަރް ކުޅެފައިވާ އައިޓަމް ލަވަތަކުގެ ތެރޭގައި އަރުޖުން ކަޕޫރްގެ ފުރަތަމަ ފިލްމު 2012 ގެ “އިޝަގްޒާދޭ” ގެ “ޗައްލާ ވައްލާ” ފާހަގަކޮށްލެވެ އެވެ. އޭނާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ މަހު ޒީ5 އިން ޕްރީމިއާކުރި ފިލްމު “ޗޯދާ ޕޭރޭ” އިންނެވެ.
މީގެ އިތުރުން މި އަހަރުގެ ކުރީކޮޅު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ސައިފް އަލީ ޚާންގެ ވެބް ސީރީޒް “ތަންޑަވް” ގެ ރޯލެއް ވެސް ގޯހަރް ކުޅެފައިވެ އެވެ.
