ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޖައްގާ ޖާސޫސް” ވެބް ސީރީޒަކަށް؟

ބޮލީވުޑް ޑައިރެކްޓަރ އަނޫރާގް ބާސޫ ލިޔެ ޑައިރެކްޓްކޮށް 2017 ގައި ގެނެސްދިން މިއުޒިކަލް އެޑްވެންޗަރ ކޮމެޑީ “ޖައްގާ ޖާސޫސް” ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން ނިންމައިފިއެވެ.

ރަންބީރު ކަޕޫރާއި ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދިޔަ “ޖައްގާ ޖާސޫސް” ގައި ކިޔައިދެނީ ޒުވާނަކު އޭނާގެ ގެއްލިފައިވާ ބައްޕަ ހޯދަން ކުރާ މަސައްކަތެވެ. ސިދާތު ރޯއީ ކަޕޫރާއި އަނޫރާގް ބާސޫ އަދި ރަންބީރު ކަޕޫރް ގުޅިގެން ޕްރޮޑިއުސްކުރި މި ފިލްމަކީ ޕްރިތަމް މިއުޒިކް ތައްޔާރުކޮށްދިން ފިލްމެކެވެ.

ކްރިޓިކުންގެ މަސްހުނި ފާޑުކިޔުންތަކެއް ލިބުނު މި ފިލްމުގައި ރަންބީރާއި ކެޓްރީނާގެ އިތުރުން މުހިންމު ރޯލުތަކުން ފެނިގެންދަނީ ސާސްވަތާ ޗަޓަރްޖީ، ސައުރަބް ޝުކްލާ، ސަޔާނީ ގުޕްތާ އަދި އިވާން ސިލްވެސްޓާއެވެ.

“ޖައްގާ ޖާސޫސް” ވެބް ސީރީޒަކަށް ހަދަން ނިންމާފައިވާއިރު އެއާއި ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top