ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޚަތުރޯން ކޭ ކިލާޅީ 11 ” ކާމިޔާބު ކުރީ އަރްޖުން

ކަލާޒް ޓީވީގެ ސްޓަންޓް ރިއަލިޓީ ޝޯވ “ޚަތުރޯން ކޭ ކިލާޅީ 11” އަރްޖުން ބިޖްލާނީ ކާމިޔާބުކޮށްފިއެވެ. ޓެގް ލައިނަކަށް ‘ޑަރް ވާސަސް ޑެއަރ’ ބޭނުންކޮށްފައިވާ މި ސީޒަން، އަރްޖުން ކާމިޔާބު ކޮށްފައިވަނީ ދިވްޔަންކާ ތުރިޕާޓީ އާއި ވިޝާލް އަދިތުޔާ ސިންގއާ ވާދަކޮށްގެންނެވެ.

އަރްޖުން ޝޯވ ކާމިޔާބު ކުރިއިރު ދިވްޔަންކާއަށް ލިބުނީ ދެވަނައެވެ. އެންމެ ފަހު ސްޓަންޓުގެ މެދުތެރެއިން ވިޝާލް ސްޓަންޓް ‘އެބޯޓް’ ކޮށްލުމުން އޭނާ ވަނީ ތަށީގެ ރޭހުން ބޭރުވެފައެވެ. އަރްޖުން އާއި ދިވްޔަންކާ ސްޓަންޓް ފުރިހަމަ ކުރިއިރު އެ ދެމީހުންގެ ދެމެދުގައި ހުރީ އެންމެ 20 ސިކުންތުގެ ތަފާތެވެ.

“ޚަތުރޯން ކޭ ކިލާޅީ 11” ގެ 6 ފައިނަލިސްޓުން

ކުރީގެ ސީޒަންތަކެކޭ އެއްގޮތަށް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ “ޚަތުރޯން ކޭ ކިލާޅީ 11” ގެ ފައިނަލުން ޖާގަ ލިބުނު އަނެއް 3 ބައިވެރިންނަކީ 4 ވަނަ ލިބުނު ވަރުން ސޫދާއި ޝްވޭތާ ތިވާރީގެ އިތުރުން ރާހުލް ވެއިދިޔާއެވެ. މި ތިން ބައިވެރިންވެސް ވަނީ ފައިނަލްގެ ފުރަތަމަ ބުރުން ކަޓާފައެވެ.

އަރްޖުންއަށް ޝޯވގެ ޓްރޮފީއާއެކު މާރޫތީ ސުޒުކީ ސްވިފްޓް ކާރެއް ލިބިފައިވާއިރު އަންނަ އަހަރުވެސް “ޚަތުރޯން ކޭ ކިލާޅީ” ގެ އާ ސީޒަނެއް އާ ބައިވެރިންތަކަކާއެކު ގެނެސްދޭނެކަމަށް ޝޯވގެ ހޯސްޓް ރޯހިތު ޝެޓީ ވަނީ ބުނެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top