މުނިއަވަސް ”ޕްލޭ ލިސްޓް“ ޕްރޮގްރާމަށް ބައިނަލް އަޤްވާމީ އޯޑިއަންސްގެ ސަމާލުކަން ލިބިއްޖެއެވެ. ކޮންމެ އާދީއްތަ، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު މެންދުރުފަހު 0100ގައި ގެނެސްދެމުން އަންނަ ލަވަ ރިކްއެސްޓް ޕްރޮގްރާމުގެ މިއަދުގެ އެޕިސޯޑްގައި ޕާކިސްތާން، އިންޑިއާ، ސްރީލަންކާ އަދި ބަންގްލާދޭޝް ފަދަ ބައެއް ޤައުމުތަކުން އެހުންތެރިން ބައިވެރިވިއެވެ.
މުނިއަވަސް ”ޕްލޭ ލިސްޓް“ ޕްރޮގްރާމުގެ މިއަދުގެ އެޕިސޯޑްގައި ބައިވެރިވި ޕާކިސްތާން އަދި ސްރީލަންކާގެ ބައެއް ބައިވެރިން މި ޕްރޮގްރާމުގައި ވާހަކަދައްކައިލާ އެމީހުންގެ ޝުޢޫރުތައް ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން އެ ފަރާތްތަކުން މުނިއަވަސްގެ މި ޝޯވއާމެދު ދެކޭ ގޮތް ރޮކެޓް މެދުވެރިކޮށް މުނިއަވަސްއާ ހިއްސާކޮށްފައިވެއެވެ.
މިއަދުގެ ޝޯވްގައި ބައިވެރިވި ޕާކިސްތާނުގެ އަންހެން ކުއްޖެއް ކަމަށްވާ ޝަމްސާ ބުނީ މިވަރުގެ ފައްކާ ރޫމެއް ގެނެސްދޭތީ ޝުކުރުވެރިވާ ކަމަށާ ޝޯވް ވަރަށް ބޮޑަށް ކަމުދިޔަ ކަމަށެވެ. މި ޝޯވްގައި ކޮންމެ ދުވަހަކުވެސް ބައިވެރިވުމަށް މަސައްކަތްކުރާނެ ކަމަށްވެސް އެކުއްޖާ ބުނެފައިވެއެވެ.

މުނިއަވަސްގެ މި ޕްރޮގްރާމުގެ ޝެޑިއުލެއް އެ ކުއްޖާއާ ހިއްސާކޮށްލުމުން އެކަމަށް ޝުކުރުވެރިވަމުން ބުނީ ވަރަށް ބޮޑަށް މި ޝޯވް ކަމުދިޔަކަމަށާ ކްލަބްވެސް ފޮލޯކޮށްފައިވާ ކަމަށެވެ.

”ޕްލޭ ލިސްޓް“ ލަވަ ރިކްއެސްޓް ޕްރޮގްރާމަކީ އެހުންތެރިން އެދޭ ލަވަތައް ގެނެސްދިނުމަށް މުނިއަވަސް ކްލަބްހައުސް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެހުންތެރިންގެ ލަވަތައް ގެނެސްދިނުމުގެ އިތުރުން، ޕްރޮގްރާމުގައި ބައިވެރިވެ ވާހަކަދައްކައިލުމުގެ ފުރުޞަތުވެސް ދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް މޭވަވެތިގޮތެއްގައި މަޢުލޫމާތާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް ރަސްމީ ސިފައެއްގައި ބްރޭންޑްކުރެވިގެން ގެނެސްދޭން ފެށީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




