ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހަނާ” ވެބް ސީރީޒްގެ މޭކިން ރިލީޒްކުރަނީ

ކިޑް ޕްރޮޑަކްޝަން އިން އުފައްދައި، މިމަހު 27ގައި ބައިސްކޯފުން ދައްކަން ނިންމާފައިވާ ވެބް ސީރީޒް “ހަނާ“ގެ މޭކިން ވީޑިއޯ މިއަދު ބައިސްކޯފުން ނެރޭނެއެވެ.

އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކޮށް، ހުސައިން މުނައްވަރު (ކުޑަފޫޅު) ކެމެރާކޮށް ޕްރޮޑިއުސްކޮށްފައިވާ ”ހަނާ“ އަކީ 13 އެޕިސޯޑްގެ ވެބް ސީރީޒްއެކެވެ.

ސީރީޒްގެ ބެކް މިއުޒިކްގެ ތައްޔާރުކުރީ މަޝްހޫރު މިއުޒީޝަން އައްޔުމަން ޝަރީފް އެވެ. ވާހަކަ ލިޔުނީ ރިނާޒާއެވެ. ސީރީޒްގެ ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްކުރީ ޢަލީ ރަޝީދު (ގޮޅާ) އެވެ.

ހަނާ”ގެ ލީޑް ކުޅެނީ ނުވަ ވަނަ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރުގެ ރޯލާއި ސްޕެޝަލް ޖޫރީ ޕްރައިޒް، އައުޓްސްޓޭންޑިންގ އޯލްރައުންޑް ޕާރފޯމަރގެ އެވޯޑް ހޯދާފައިވާ އަލީ އާޒިމް (ދޮން އައްޔަ)ގެ އިތުރުން ’ޖާދޫގައި ޖެހިއްޖޭ‘ ލަވައިން މަޝްހޫރުވި ނޫރާ އެވެ. މީގެ އިތުރުން އިބްރާހިމް ޖިހާދު (ޖިމީ)، ޝަމީލް، ޤަމަރިއްޔާ ޤާސިމް، ފާތުމަތު ލަޠީފް، ގުލިސްތާނު އަދި ނިޝާ (ނިޝްކޮ) އެވެ.

https://www.facebook.com/111008017127843/posts/119319996296645/?vh=e&d=n

ސީރީޒްގެ ހުރިހައި މަސައްކަތެއް އެއްކޮށް ނިންމައި، ޑްރާމާގެ 13އެޕިސޯޑް ކިޑް ޕްރޮޑަކްޝަން އިން ބައިސްކޯފާ ހަވާލުކޮށްފައިވާކަމަށް ކިޑް ޕްރޮޑަކްޝަން އިން ބުނެއެވެ.

https://www.facebook.com/111008017127843/videos/479563006017213/?v=479563006017213

ވެބް ސީރީޒް “ހަނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top