ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުޙައްމަދު ތަކުރުފާނުގެ ޤައުމީ ޖިހާދުގެ މައްޗަށް ފިލްމެއް އުފައްދަނީ

– ފިލްމުގެ ނަމަކީ “ބޮޑުތަކުރުފާނު”
– އަމާޒަކީ އަންނަ އަހަރުގެ ޤައުމީ ދުވަހަށް ފިލްމް ގެނެސްދިނުން

މުޙައްމަދު ތަކުރުފާނުގެ ޤައުމީ ޖިހާދަށް ފިލްމެއް އުފައްދަން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނިންމައިފިއެވެ. މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހުގެ މުނާސަބަތުގައި މުޙައްމަދުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ އުތީމުގައި ބޭއްވި ޖަލްސާގައި ފިލްމް ވަނީ އިފްތިތާހުކޮށްފައެވެ. މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ ޤައުމީ ދުވަހަށް ފިލްމް ގެނެސްދިނުމެވެ.

މިފިލްމާ ގުޅޭގޮތުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވީ އަޅުގަނޑުމެން މިއަދު މިއިފްތިތާހުކުރި ބޮޑުތަކުރުފާނު ފިލްމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ބޮޑުތަކުރުފާނު ކުރެއްވި މަތިވެރިވެގެންވާ ޖިހާދާއި, ޤުރުބާނީތައް ޒަމާނުގެ ވިސްނުންތަކާ އެއްގޮތަށް ޒަމާނުގެ ލޯތަކަށް ޅަދަރިންނާ ހަމައަށް އެޖިހާދު ގެނެސްދިނުމަށްޓަކައި ފެށި ވަރަށްބޮޑު ޕްރޮޖެކްޓެއްކަމަށެވެ. މިއީ ވަރަށް މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާ, މިމަސައްކަތުގައި ފުރިހަމަ އެއްބާރުލުމަށް މިނިސްޓަރ އެދިވަޑައިެގންނެވިއެވެ.

ބޮޑުތަކުރުފާނުގެ ވާހަކައަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ ފަސް ފަހަރު އެވާހަކަ އެއްކޮޅުން އަނެއްކޮޅަށް ވިދާޅުވިކަމަށެވެ. ކޮންމެ ފަހަރަކުމެ ކިޔަމުންދާއިރު އެކުރެއްވި ބޮޑު ޖިހާދުގެ ވަރުގަދަ ޤުރުބާނީގެ އާވިސްނުންތަކެއް އާއިހުސާސްތަކެއް ކުރެވޭކަމަށް ވިދާޅުވިއެވެ.

“އޭގެ ކޮންމެ ހާދިސާއަކީ އޭގެ މައްޗަށް ފުންކޮށް ނަޒަރުހިންގާ ވިސްނާލާއިރު އޭގެއިން ބޮޑަތިވެގެންވާ ޢިބްރަތްތަކެއް ލިބެނިވި, ދީނާ ޤައުމަށްޓަކައި އަމިއްލައަށް ޤުރުބާންވާންޖެހޭކަމުގެ ފުރިހަމަ އިހުސާސްތައް ރަމްޒުކޮށްދޭ ކިތަންމެ މިސާލެއް.” މިނިސްޓަރ ވިދާޅުވިއެވެ.

މިފިލްމް ޑައިރެކްޓްކޮށްދެއްވާނީ މަޝްހޫރު ޑައިރެކްޓަރ އަޝްހަރު ވަހީދެވެ. އެމްއެންޑިއެފް އިން އުފެއްދި “ހާދަރު” ފިލްމުވެސް ޑައިރެކްޓްކުރީ އަޝްހަރު ވަހީދުކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Ahmed4 އަހަރު ކުރިން

Thineh november ah hedhi "haadharu" gothah mulhi vaahaka olhuvaalaigen film nuhadhaathi

Home
Menu
Search
Back to top