މުުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް މުޅިން އައު ޝޯވއެއް 23 އޮކްޓޫބަރު 2021، ހޮނިހިރު ދުވަހުގެ ރޭ 10:30ގައި ގެނެސްދޭން ނިންމައިފިއެވެ. “ލައިފް އެޑްވައިސް ވިތު ސުންދަރު“ގެ ނަމުގައި އަލަށް މި ފަށާ ޕްރޮގްރާމަކީ ކްލަބްހައުސްގެ ހުރިހައި އޮޅިއެއްގައިހެން ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ‘ސުންދަރު ޕިޔާރެލާލް‘ އާއި އެކުގައި ހީނ މަޖާކޮށްލުމަށް ގެނެސްދޭ ޝޯވއެކެވެ. ސުންދަރާ އެކުގައި މި ޝޯވ ހުށައެޅުމަށް ބައްދަލުކުރާނީ ޓިކްޓޮކްގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އަފާ އަދި އިވްރީ އެވެ.
“ލައިފް އެޑްވައިސް ވިތު ސުންދަރު” ޝޯވއަކީ ދިރިއުޅުމުގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ޚިޔާލާ މަޝްވަރާ އާއި ނަސޭހަތް ބޭނުންވެފައިވާ ފަރާތްތަކަށް، މަޖާ މާހައުލެއްގައި ނަސޭހަތްތެރިވެދިނުމަށް ގެނެސްދޭ ޝޯވއެކެވެ.
“ލައިފް އެޑްވައިސް ވިތު ސުންދަރު” ޝޯވގެ ނޮޓިފިކޭޝަން ބަޓަން އެކްޓިވޭޓްކޮށްލާފައި ބެހެއްޓުމަށް ތިރީގައިވާ ލިންކަށް ކްލިކްކޮށްލާށެވެ.
https://www.clubhouse.com/join/muniavas/exG6c7eR/mZGJbeAA
“ލައިފް އެޑްވައިސް ވިތު ސުންދަރު” ޝޯވގައި ހެއްވާ މަޖާ ތަފާތު ސެގްމެންޓްތަކެއް ހިމެނޭނެކަމަށް ސުންދަރާއި އޭނާގެ ޓީމުން ބުނެއެވެ.
މި ޝޯވގައި ފާޅުކުރާ ޚިޔާލުތަކާ މަޝްވަރާތަކާއި ދެވޭ ނަސޭހަތްތައް ބިނާކޮށްފައިވަނީ މާބޮޑު ސީރިއަސްކަމެއް ނެތި، މުނިއަވަސްފިލުވައިދޭ ކޮންޓެންޓްތަކެއްގެ ސިފައިގައެވެ. އެހެންކަމުން “ލައިފް އެޑްވައިސް ވިތު ސުންދަރު“ގައި ފާޅުކުރާ މި ދެންނެވިފަދަ ވާހަަކަތައް ސީރީއަސްކޮށް ނުނެންގެވުމަކީ ޝޯވގެ ޕްރޮޑަކްޝަން ޓީމާއި މުނިއަވަސްގެ އެދުމެވެ.
@afa_fathimathLife advice with Sundar only on Clubhouse Muniavas👉join @mamma.ivry.maldives & Me😁for some#fun #laughs with our #clubhouse rahmaiytheriya#sundarpyarelal♬ original sound – Afa ♥️
@mamma.ivry.maldives😁Join @afa_fathimath & Me for some #fun #conversations #laughs with our #Clubhouse rahmaitheriya #sundarpyarelal on #muniavas #maldivian #foryoupage
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި