ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިޝާލް “ޓައިގާ 3 ” އަށް

ރާނީގެ 2019 ގެ ފިލްމު “މަރްދާނީ 2” އިން ބޮލީވުޑަށް ތަޢާރަފުވި ޒުވާން ބަތަލު ވިޝާލް ޖެތުވާ “ޓައިގާ 3” އަށް ސޮއިކޮށްފިއެވެ.

“މަރްދާނީ 2” ގައި ދެއްކި މޮޅު އެކްޓިންގއަށްފަހު ހުށަހެޅުންތަކެއް ލިބުނު ނަމަވެސް “ޓައިގާ 3” އަކީ 27 އަހަރުގެ ވިޝާލް ސޮއިކުރި ފުރަތަމަ ފިލްމެވެ. އެކްޓިންގ ދައްކާލެވޭ ކަހަލަ ކޮންމެ ރޯލެއްވެސް ކުޅެން ތައްޔާރަށް ހުރި ވިޝާލް މިފަހަރު ފެނިގެންދާ ރޯލު އަދި އޮތީ ސިއްރުކޮށްފައެވެ. ވަރުގަދަ ރޯލަކުން ވިޝާލް ފެންނާނެކަމަށް ޚަބަރުތައް ބުނާއިރު، ސުޕަސްޓާރުންތަކެއްގެ ފިލްމުންވެސް އޭނާ ވިދައިލާނެކަމަށް ޚަބަރުތައް ބުނެއެވެ.

ސަލްމާން ޚާންއާއި ކެޓްރީނާ ކެއިފްއާއި އިމްރާން ހާޝިމީ މައިގަނޑު ރޯލުތަކުން ފެނިގެންދާ “ޓައިގާ 3” އަކީ ސަލްމާންގެ ޓައިގާ ފްރެންޗައިޒްގެ ކުރީގެ ދެ ބަޔަށްވުރެ ވަރުގަދަ އެކްޝަން ފިލްމަކަށް ވާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޓައިގާ ފްރެންޗައިޒްގެ ފުރަތަމަ ފިލްމަކީ 2012 ގައި ކަބީރް ޚާން ޑައިރެކްޓްކޮށް ގެނެސްދިން “އޭކް ތަ ޓައިގާ” އެވެ. ޢަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށް “ޓައިގާ ޒިންދާ ހޭ” ގެނެސްދިނީ 2017 ގައެވެ.

ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށް މަނީޝް ޝަރްމާ ޑައިރެކްޓްކުރާ “ޓައިގާ 3” ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް އަދި ރިލީޒްކުރާ ތާރީޚެއް އިޢުލާނުކޮށްފައެއް ނުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top