ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލުންގެ ތެރެއިން ޝާހިދު ކަޕޫރް ބޮލީވުޑަށް ނެރުނު ރޮމޭންޓިކް ކޮމެޑީ ”އިޝްޤް ވިޝްކް“ ގެ ދެވަނަ ބައިގެ މަސައްކަތް އަނެއްކާވެސް ފަށައިފިއެވެ.
ރަމޭޝް ތައުރާނީއާއި ކުމާރް ތައުރާނީގެ ޓިޕްސް އިންޑަސްޓްރީއިން ޕްރޮޑިއުސްކޮށް ކެން ގޯޝް ޑައިރެކްޓްކުރި ”އިޝްޤް ވިޝްކް“ އަކީ ޝާހިދު، ބަތަލާ އަމްރީތާ ރާއޯއާއެކު ކުޅުނު 4 ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމެވެ. 2003 ވަނަ އަހަރު ނުކުތް މި ފިލްމުގެ އިތުރުން ޝާހިދާއި އަމްރީތާ އެކުގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި މަހޭޝް މަންޖްރޭކަރްގެ ”ވާހ! ލައިފް ހޯ ތޯ އެއިސީ“ އާއި ޖޯން މެތިއު މަތާންގެ ”ޝިކާރް“ އަދި ސޫރަޖް ބަރްޖަތިޔާގެ ”ވިވާހް“ ހިމެނެއެވެ. ”ވިވާހް“ އަކީ އެ ދެމީހުންގެ ކެރިއަރވެސް ބަދަލުކޮށްލި، އެ ދެމީހުން އެކުގައި ކުޅުނު އެންމެ ކާމިޔާބު ފިލްމެވެ.
”އިޝްޤް ވިޝްކް 2“ ގެ ސްކްރިޕްޓްގެ މަސައްކަތް ފަށާފައިވާއިރު، މިއީ މީގެ މަސައްކަތް ފެށި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ކޮވިޑްގެ ކުރިން މީގެ މަސައްކަތް ފެށި ނަމަވެސް ކޮވިޑާއެކު މީގެ މަސައްކަތް އޮތީ މަޑުޖައްސާލާފައެވެ. ނަމަވެސް އެމީހުންގެ އެހެން މަސައްކަތްތައް ނިމުމަކަށް އަންނާތީ މީގެ މަސައްކަތް އަލުން ފެށީކަމަށް ޚަބަރުތައް ބުނެއެވެ.
ސްކްރިޕްޓްގެ މަސައްކަތް ނިމުނުހާ އަވަހަކަށް ފިލްމުގެ ތަރިންނާއި ފިލްމު ޑައިރެކްޓްކުރާނެ މީހަކު ހަމަޖައްސާނެކަމަށްވެސް އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައިވެއެވެ. ފުރަތަމަ ބައިގައި ޝާހިދާއި އަމްރީތާގެ އިތުރުން ވިޝާލް މަލޯޓްރާއާއި ޝެނާޒް ޓްރެޒަރީއާއި ނީލިމާ އަޒީމް އަދި ސަތިޝް ޝާހް މައިގަނޑު ރޯލުތަކުން ފެނިގެން ދިޔައިރު ދެވަނަ ބައިގައި މިއިން އެއްވެސް ތަރިއެއް ހިމެނޭނެކަން އަދި އޮތީ ސުވާލެއްގެ ތެރޭގައެވެ.
”އިޝްޤް ވިޝްކް“ ގެ ދެވަނަ ބައެއް ހަދަން ރަމޭޝް ނިންމިއިރު އޭނާ ވަނީ އެންމެ ފަހުން ނުކުތް އޭނާގެ ފިލްމު ”ބޫތު ޕޮލިސް“ ގެ ދެވަނަ ބައިވެސް ހަދާނެކަން އިޢުލާނުކޮށްފައެވެ. ސައިފް ޢަލީ ޚާންއާއި ޖެކްލިން ފެނާންޑޭޒްއާއި އަރްޖުން ކަޕޫރް އަދި ޔާމީ ގޯތަމް މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ މި ހޮރޯ ކޮމެޑީއަކީ މިދިޔަ ސެޕްޓެމްބަރު މަހު 10 ގައި ޑިސްނީ ޕްލަސް ހޮޓްސްޓާގައި ޕްރިމިއާކުރި ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




