އާސިމް ޢަލީއާއި އިލްޔާސް ވަޙީދުގެ ކަޒްމިކް އިންޓަނޭޝަނަލްގެ ކުޑައިގެ ދަށުން ގެނެސްދޭ ވެބް ސީރީޒް “ދަރަކަ” ވަރަށް އަވަހަށް ގެނެސްދޭން މަސައްކަތްކުރާ ކަމަށް އާސިމް ބުނެފިއެވެ.

ކާސްޓުގެ އެއްވެސް މަޢުލޫމާތެއް އަދި ހާމަނުކުރާ މި ވެބް ސީރީޒަކީ ކްރައިމް ތުރިލާއެކެވެ. ވޭތުވެދިޔަ 2 މަސްތެރޭ އެއްކޮށް ޝޫޓިންގ ނިންމާލާފައިވާ މި ސީރީޒަކީ ޑައިރެކްޝަނަށް މުޅިން އަލަށް ނުކުތް އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށްފައިވާ 8 އެޕިސޯޑްގެ ސީރީޒެކެވެ. އޭގެ އިތުރުން ސީރީޒް ލިޔެފައިވަނީވެސް އަޒްހާންކަން ފާހަގަކޮށްލެވެއެވެ.

“ދަރަކަ” ވެބް ސީރީޒްގެ މަންޒަރެއް

މުނިފޫހިފިލުވުމުގެ ދާއިރާއިން އާ ހުނަރުވެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން އުފެއްދި ކަޒްމިކް އިންޓަނޭޝަނަލްއިން މީގެ ކުރިން ވަނީ އައި ފިލްމްސްއާއި ގުޅިގެން “މަޒްލޫމް” ގެ ނަމުގައި އެންތޮލޮޖީ ސީރީޒެއްވެސް ގެނެސްދީފައެވެ. އެ ސީރީޒްގެ 3 ބައި ގެނެސްދީފައިވާއިރު، އެއިންވެސް ވަނީ އާ ފަންނާނުންތަކެއް ތަޢާރަފުކޮށްފައެވެ.

މިހާރު ސީރީޒް ސްޓްރީމް ކުރާނެ ފަރާތެއް ހޯދަމުން ދާކަމަށް އާސިމް ބުނެފައިވާއިރު، ސްޓްރީމް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 7775677 މި ނަންބަރާއި ގުޅައިގެން ކުރިއަށް ގެންދިޔުމަށްވެސް އާސިމް ވަނީ ބުނެފައެވެ. އޭގެ އިތުރުން ސީރީޒް އުފެއްދުމުގައި ކުޅަދާނަ ޑައިރެކްޓަރު އިލްޔާސް ވަޙީދު (އިއްލެ) އާއި އައި ފިލްމްސްއިން ދެއްވި އެހީތެރިކަން ފާހަގަކޮށް އާސިމް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.