“ވެހިންގެ ކުއިޒް” ނަމުގައި މުުނިއަވަސް ކްލަބްހައުސް އިން އާއްމު މަޢުލޫމާތު ހިމެނޭ ވަރުގަދަ ކުއިޒް ޝޯއެއް ފަށަން ނިންމައި ތާވަލްކޮށްފިއެވެ. “ވެހިންގެ ކުއިޒް” ޝޯވގެ ފުރަތަމަ އެޕިސޯޑް މިރޭ 10:30ގައި ގެނެސްދޭނެއެވެ.
“ވެހިންގެ ކުއިޒް” ޝޯވގައި ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ މަޢުލޫމާތާއި ރާއްޖޭގައި ކޮށްއުޅޭ މަސައްކަތްތަކާާއި ދިވެހިބަހާއި އަދަބިއްޔާތާއި ރާއްޖޭގެ ތާރީޚުގެ އިތުރުން އާއްމު މަޢުލޫމާތު ހިމެނޭ ސުވާލުތައް މި ޝޯވގައި ގެނެސްދޭނެއެވެ. މި ކުއިޒް ޝޯވ ކުރިއަށްދާނީ ދެ ޓީމު ދެމެދުގައި ވާދަކުރާގޮތަށެވެ.
“ޝޯވގަ ބައިވެރިވާން އެދޭ ފަރާތްތައް ދެ ޓީމަކަށް ބަހާލައިގެން، ފޯރިއާއެކު ވާދަކުރާ ކަހަލަ ގޮތަކަށް މި ޝޯވް ކުރިއަށް ގެންދާނީ.” މި ޝޯވގެ މަޢުލޫމާތު މުނިއަވަސްއަށް ދެމުން މުުނިއަވަސް ކްލަބްހައުސްގެ ކްރިއޭޓިވް ޑައިރެކްޓަރ އަދި ޕްރޮގްރާމު ހެޑް ޢީސާ ޝަރީފް ބުންޏެވެ.
“ވެހިންގެ ކުއިޒް” ޝޯވގައި ވެސް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. މިކަމުގެ މަޢުލޫމާތު، މިރޭގެ އެޕިސޯޑްގައި ތަފުސީލުކޮށް އޮޅުންފިލުވައިދޭނެއެވެ.
މުުނިއަވަސް ކްލަބްހައުސް އިން ގެނެސްދޭ ހުރިހައި ޕްރޮގްރާމެއްވެސް ބައްޓަންކޮށްފައިވަނީ މަޢުލޫމާތާއި މުނިފޫހިފިލުވުން ހިމެނޭ ގޮތަށްކަން ފާހަގަކޮށްލެވެއެވެ.
“ވެހިންގެ ކުއިޒް” ޝޯވގެ ފުރަތަމަ އެޕިސޯޑްގެ ލިންކް:-
https://www.clubhouse.com/join/muniavas/reiaU7wW/PYB91XYw
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!
ވަރަށް ރަނގަޅު ކަމެއް ކުރިއަށް ވަޑައިގަންނަވާ