“ފައިނަލް އެޕިސޯޑް ބަލަމުން ދިޔަ މީހުން، ޓީވީ ކުރިމަތީގައި ތިބެ ހަޅޭއްފަޅޭއްލަވާ މަންޒަރުތައް ދައްކައިދޭ ވީޑިއޯތަކެއް ވަނީ ޢާއްމުވެފައި.”

‘ޑެކްސްޓަރ: ނިއު ބްލަޑް’އަށް ކްލައިޑް ފިލިޕްސްގެ ފާޑުކިޔުން ހަބޭހަށް އަމާޒުކޮށްފިއެވެ. ޑެކްސްޓަރ ސީރީޒްގެ ޕްރޮޑިއުސަރ އަދި ލިޔުންތެރިޔާ ކްލައިޑް ފިލިޕްސް ބުނީ ފައިނަލް ސީޒަން ނުވަތަ ސީޒަން 09ގެ ފުރަތަމަ އެޕިސޯޑް ވަނީ ޑެކްސްޓަރގެ އޮރިޖިނަލް ސީރީޒްގެ ‘ފާލުން ނައްޓާލާފައި’ ކަމަށެވެ.

ޑެކްސްޓަރ ސީޒަން09ގެ ފުރަތަމަ އެޕިސޯޑް ދެއްކީ 07 ނޮވެމްބަރުވީ އާދީއްތަ ދުވަހުއެވެ. 2006 ން 2009 އާ ދެމެދު ޑެކްސްޓަރގެ ފުރަތަމަ ހަތަރު އިންސްޓޯލްމެންޓް ލިޔެ ޕްރޮޑިއުސްކުރި ކްލައިޑް ފިލިޕްސް ވަނީ މިފަހަރުގެ އެޕިސޯޑަށް ޖޯކު ޖަހާފައެވެ. ޖޯކު ޖަހަމުން އޭނާ ބުނީ ޑެކްސްޓަރގެ ފޭނުން، މި އެޕިސޯޑް ނިމިގެން ދިޔަ ގޮތާމެދު ހިތްހަމަނުޖެހިފައި ތިބިކަން އެއީ ސިއްރެއް ނޫން ކަމަށެވެ.

ސީޒަން 09ގެ ފުރަތަމަ އެޕިސޯޑުގަައި ދައްކާގޮތުން ޑެކްސްޓަރ މަރުވާކަމަށް ފޭކް ޖައްސައިގެން ޖަންގަލިތެރޭގައި ފިލާ އުޅެނީ ކުނބުރާންކޮށާ މީހަކަށް (ލަމްބަރޖެކް އަކަށް) ހެދިގެންނެވެ. އެހެންކަމުން މި އެޕިސޯޑަށް ދީފައިވާ ‘ނިއު ބްލަޑް’ގެ ރޯލު ދައްކައި ނުދޭ ކަމަށް ފާޑުކިޔާމީހުން ބުނެއެވެ.

ޑެކްްސްޓަރ މޯގަން އަދި ޑެބްރާ މޯގަން – ފޮޓޯ: ޝޯވޓައިމް

“ޝޯވގަ އެއްވެސް ގުޅުންތެރިކަމެއް ނެތް، ކެރެކްޓަރގަވެސް ގުޅުމެއް ނެތް،” އެންޓަޓެއިންމެންޓް ވީކްލީއަށް ކްލައިޑް ފިލިޕްސް ބުނެފައިވއެވެ. “އަހަރެން މި ބައި ހެދުމުގަ ބައިވެރިއެއް ނުވަން، އެހެންވީމާ މި އުފައްދަން އުޅުނު އެއްވެސް މީހަކަށް އަހަރެން ފަޑުކިޔާކަށް ނެތިން.” ކްލައިޑް ފިލިޕްސް އިތުރަށް ބުނެފައިވެއެވެ.

“ޝޯވ ބަލަން ހުރި އާއްމު މީހެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ މި ޝޯވ މިވަނީ މަގު އޮޅިފައޭ. މިހެން މިބުނީ ފައިނަލް އެޕިސޯޑް ބަލަމުން ދިޔަ މީހުން، ޓީވީ ކުރިމަތީގައި ތިބެ ހަޅޭއްފަޅޭއްލަވާ މަންޒަރުތައް ދައްކައިދޭ ވީޑިއޯތަކެއް ވެސް އެބަހުރި ޢާއްމުވެފައި.” އިތުރު ތަފުސީލަށް ޖެހިލަމުން ފިލިޕްސް ފާހަގަކުރިއެވެ. ފިލިޕްސް ބުނީ އޭނާ މިބައި ލިޔުނު ނަމަ ލިޔާނީ ޑެކްސްޓަރ ކުރި ކުށަށް، އޭނާއަށް ލިބެން ޖެހޭ ހައްޤު އަދަބު ލިބެން ޖެހޭ ގޮތަށް ކަމަށެވެ.

”ޑެކްސްޓަރ“ އަކީ އަދުލުއިންސާފާއި ޝަރީޢަތުގެ މަރުހަލާއިން އެއްވެސް ހުކުމެއް ނުކޮށް ނުވަތަ ނުކުރެވި ދޫވެފައި ތިބޭ ކުށްވެރިން މެރުމުގައި ހަރަކާތްތެރިވާ ފުލުހުންގެ ފޮރެންސިކް އޮފިސަރެއް ކަމަށްވާ ޑެކްސްޓަރ މޯގަން، އެފަދަ ކުށްވެރިން މަރައި، އެމީހުންގެ ހަށިތައް ނައްތައިލުމުގައި ކާމިޔާބު ހަރަކާތްތަކެއް ދައްކުވައިދޭ ސީރީޒެކެވެ.

ރަސްމީ ވަޒީފާގައި ޑެކްސްޓަރ އަކީ ޕޮލިސް ޓިޕާޓްމަންޓުގައި މަސައްކަތްކުރާ ބްލަޑް ސްޓެއިން ޕެޓާން އެނަލިސްޓެކެވެ. އޭނާގެ މި ހުނަރު ބޭނުންކޮށްގެން ބޮޑެތި ގާތިލުންނާއި އެހެން ސީރިއަލް ކިލަރުން ހޯދައެވެ. އަދި ފުލުހުންނަށް އެ މައުލޫމާތު ނުދީ އޭނާ ބޭނުންވާ މީހުން މަރައި ކޮށައި ކަނޑުފައްތައި ނައްތާލައެވެ.

”ޑެކްސްޓަރ“ގެ 08ވަނަ ސީޒަން ނިންމާލިއިރު އެ ސީރީޒަށް ވަނީ އެތައް އެވޯޑު ތަކެއް ލިބިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.