ލަވަކިޔުމުގެ ދާއިރާގައި ދުވަހަކަށްވުރެ ދުވަހެއް، ކުރިއަރަމުން އަންނަ ތުއްތުތުއްތު ލަވަކިޔުންތެރިޔާ ލައިބާ އަޙަމަދު މަހުލޫފު (އެލީ) ގެ އާ ކަވަރ “ޗީޕް ތްރިލްސް” ބެލުންތެރިންނަށް ދައްކާލައިފިއެވެ.
އޮސްޓްރޭލިއާއަށް އުފަން ލަވަކިޔުންތެރިޔާ އަދި ލަވަ ލިޔުންތެރިޔާ ސިއާ, 2016 ވަނަ އަހަރު ރިލީޒްކޮށް މުޅި ދުނިޔޭގައި ވެސް ކާމިޔާބީ އާއި މަގުބޫލުކަން ހޯދި “ޗީޕް ތްރިލްސް” އަކީ ގްރެމީ އެވޯޑަށް ވެސް ނޮމިނޭޓްވި ލަވައެކެވެ. އެ ލަވައިގެ ކަވަރ އެއް އެލީގެ އަޑުން ކިޔާފައިވާއިރު އޭނާގެ ކޯޗް ޖޫލިއާ ވެސް މި ލަވައިން ފެނެއެވެ.
ރޭ ޔޫޓިއުބަށް ދޫކޮށްލާފައިވާ އެ ލަވަ އަށް އާންމުންގެ ބޮޑު ތަރުހީބެއް ވެސް އަންނަނީ ލިބެމުންނެވެ. މިހާތަނަށް ވެސް ގިނަ ބަޔަކު އެ ލަވަ ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ.
ޢަބްދުލް ބާސިތު(ބާޗީ) މިއުޒިލް އާއި ރެކޯޑިން ހަދާފައިވާ “ޗީޕް ތްރިލްސް” ގެ ކުރިން ވެސް އެލީ ވަނީ އިނގިރޭސި ލަވައެއްގެ ކަވާ ނެރެފައެވެ. އެފަހަރު ނެރުނީ “ޑާންސް މަންކީ” އެވެ.
މިހާތަނަށް ދިވެހި ބައެއް ލަވަތަކާއި މަދަހަތައް ވެސް ނެރެފައިވާ އެލީވެސް ހިމެނޭގޮތަށް ކިޔާފައިވާ “އިތުރު ރަސޫލާ” އާއި “ކިޔާ ދޫ ތަކުން މީ” އަކީ އެލީގެ ފާހަގަކޮށްލެވޭ ދެ މަސައްކަތެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




