ބޮލީވުޑް ބަތަލާ ސޮނާކްޝީ ސިންހާ އާއި ހުމާ ޤުރޭޝީ ލީޑް ރޯލުން ފެނިގެންދާ ”ޑަބަލް އެކްސްއެލް“ ގެ ޝޫޓިންގ ނިންމާލައިފިއެވެ.
ލަންޑަނާއި ދިއްލީގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ އެނައުންސްމަންޓް ވީޑިއޯއެއް މިއަދު ޓީ-ސީރީޒްގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި އާންމުކޮށްފައިވާއިރު، އެ ވީޑިއޯގައި ސޮނާކްޝީ އާއި ހުމާ ދައްކަނީ ފަލަ މީހުންނަށް ކުރާ ފުރައްސާރައިގެ ވާހަކައާއި އެމީހުންނަކީ ފޮނި ހުވަފެން ދެކުމުން މަޙުރޫމުވާން ޖެހޭ ބައެއް ނޫންކަމުގެ ވާހަކައެވެ.
ސޮނާކްޝީ އާއި ހުމާގެ އިތުރުން ޒަހީރް އިޤްބާލް އާއި ބޮލީވުޑަށް އަލަށް ތަޢާރަފުކުރާ މަހަތު ރާގަވެންދަރް މައިގަނޑު ރޯލުތަކުން ފެނިގެންދާ ”ޑަބަލް އެކްސްއެލް“ އަކީ ސަތުރަމް ރަމާނީ ޑައިރެކްޓްކޮށް ގެނެސްދޭ ސޯޝަލް ކޮމެޑީއެކެވެ. ޓީ-ސީރީޒާއި ވަކާއޯ ފިލްމްސް އަދި އެލެމެން3 އެންޓަޓެއިންމެންޓް ގުޅިގެން ޕްރޮޑިއުސްކުރާ ”ޑަބަލް އެކްސްއެލް“ ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުއެވެ.
ހުމާ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ ވަސަން ބާލާގެ ”މޮނިކާ އޯ މައި ޑާލިންގ“ އަދި އަޖިތު އާއެކު ކުޅޭ ތަމަޅަ ފިލްމު ”ވަލިމާއީ“ އެވެ. އޭގެ އިތުރުން ސޮނާކްޝީގެ ދެން އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އަދިތުޔާ ސަރްޕޯޓްދާރްގެ ”ކަކޫޑާ“ އެވެ. އޭގެ އިތުރުން ރީމާ ކަގްތީގެ އަދި ނަން ހާމަނުކުރާ ވެބް ސީރީޒަކީވެސް ސޮނާކްސީގެ އަތުގައި އޮތް ޝައުޤުވެރި ބޮޑު ޕްރޮޖެކްޓެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




