ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި

އެމްބާޕޭ ހެދި ހެޓްރިކާ އެކު 4-0 އިން ވަނޭސް އޯސީއާ ބަލިކޮށް ފްރެންޗް ކަޕްގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރު ކޮށްފިއެވެ.

ފްރާންސްގެ ހަތަރުވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ވަނޭސްއާ ދެކޮޅަށް ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ނޫނޯ މެންޑޭޒްގެ ނެގި ކޯނަރެއް ބޮލުން ޖަހާ ގޯލަށް ވައްދާލައިގެން ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކިމްޕެމްބޭ އެވެ.

އެމްބާޕޭގެ ފުރަތަމަ ލަނޑު ކިމްޕެމްބޭގެ އެހީތެރިކަމާ އެކު ޖެހީ ދެވަނަ ހާފު ފެށިގެން 14 ވަނަ މިނެޓުގައެވެ. ޒުވާން މިޑްފިލްޑަރު ޒަވީ ސިމޮންސްގެ އެހީތެރިކަމާ އެކު 71 ވަނަ މިނިޓުގައި އެމްބާޕޭގެ ދެވަނަ ލަނޑު ޖެހިއިރު، އޭގެ ފަސް މިނިޓު ފަހުން އެރިކް އެބިމްބޭ ހުސް ކޮށްލާފައި ދިން ބޯޅައަކުން އެމްބާޕޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ރޭގެ މެޗުގައި ޖެހި ތިން ލަނޑާ އެކު އެމްބާޕޭ ވަނީ ޕީއެސްޖީ އަށް 150 ލަނޑު ޖަހައިދީފައެވެ. އެންމެ ފުރަތަމަ މޮނާކޯއިން ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް ކުޅުނު ސީޒަނުގައި 21 ލަނޑު ޖެހިއިރު، އޭގެ ފަހުން އެމްބާޕޭ ވަނީ މިހާތަނަށް އެޓީމަށް 129 ލަނޑު ޖަހައިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top