އާ އަހަރު ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ވުލްވްސް އާ ވާދަކޮށް 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ވުލްވްސް އިން މޮޅަށް ކުޅެ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި މި މެޗުގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ 82 ވަނަ މިނިޓުގަ އެވެ. އެޑަމާ ޓްރައޯރޭ ނަގައިދިން ހުރަހެއް ޔުނައިޓެޑްގެ ޑިފެންޑަރު ފިލް ޖޯންސް ބޮލުން ދިފާއުކުރުމުން އޭރިއާ ބޭރުގައި ހުރި ވުލްވްސްގެ ޕޯޗުގީޒް މިޑްފީލްޑަރު ޔާއޯ މުޓީނިއޯ ވަނީ އެއްފަހަރުން ޖަހައި ގޯލުތެރެއަށް ފޮނުވާލާފައެވެ. މިއީ ވުލްވްސް އިން 1980 ވަނަ އަހަރަށް ފަހު އޯލްޑް ޓްރަފޯޑުގައި ޔުނައިޓެޑް ބަލިކުރި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާ އެކު ވުލްވްސް ވަނީ 18 މެޗުން 25 ޕޮއިންޓް ހޯދައި، ހަތްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ހަ ޕޮއިންޓަށް ގާތަށް ޖެހިލާފައެވެ. ޔުނައިޓެޑާއި ހަތަރު ވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ތަފާތެވެ. އާސެނަލް ވަނީ ޔުނައިޓެޑަށް ވުރެ އެއް މެޗް އިތުރަށް ކުޅެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.