އެހެން އަހަރުތަކެކޭ އެއްފަދައިން، މި އަހަރުވެސް ބިގްބޮސް ކާމިޔާބު ކުރާ ބައިވެރިއަކަށް ފައިސާގެ އިނާމުގެ އިތުރުން ޓްރޮފީއެއް ގެޔަށް ގެންދަން ލިބޭނެއެވެ. ބިގްބޮސް ނިމެން ގާތްވެފައި ވަނިކޮށް ހަފްތާބަންދުގައި ގެނެސްދިން “ވީކްއެންޑް ކާ ވާރު” ގައި ބައިވެރިންނަށް ޓްރޮފީ ދައްކާލާފައި ވަނީ، ބިގްބޮސް 7 ކާމިޔާބު ކުރި ބައިވެރިޔާ ގޯހަރު ޚާން މެދުވެރިކޮށެވެ.
ޕ
ބިގްބޮސް 15 ގެ ޓްރޮފީ އެހެން އަހަރުތަކުގެ ޓްރޮފީއަށް ވުރެ ބޮޑުވެފައި ރީތިކަމަށް ފެނެއެވެ. ކޮކާލެއްގެ ފިޔަގަނޑުގެ މެދުން ބިގްބޮސް ގެ “ބީ.ބީ” ފެންނަން ހުންނަ މި ޓްރޮފީ ހުންނަނީ ރަންކުލައިންް ކަން ފާހަގަ ކޮށްލެވެއެވެ.
ބައިވެރިންނަށް ޓްރޮފީ ފެނުނުހިސާބުން ޓްރޮފީގެ ރީތި ވާހަކަ ދައްކާފައިވެއެެވެ. އަދި ހުރިހާ ބައިވެރިންވެސް ތިބީ ޓްރޮފީ ފެނިފައި ވަރަށް އުފާވެފައެވެ.
ބިގްބޮސް މިހާހިސާބަށް އައި އިރު ބައިވެރިންގެ ގޮތުގައި ތިބީ ކަރަން ކުންދްރާ، ތޭޖަސްވީ ޕްރަކާޝް، ޕްރަތީގް ސެހެޖްޕާލް، ރާކީ ސާވަންތު، އަބިޖީތު ބިޗުކްލޭ، ނިޝާންތު ބަޓް، ރަޝްމީ ދެސާއި، ދެވޮލީނާ ބައްޓައްޗަރުޖީ، އަދި ޝައްމިތާ ޝެޓީ އެވެ.
