އިންޑިއާގެ ބޮކްސް އޮފީސް ރިކޯޑްތައް މުގުރާލި ފިލްމު ”ބާހޫބާލީ“ ގެ ދެބައި އުފައްދައިގެން ބޮޑު މަޤުބޫލުކަމެއް ހޯދި ދެކުނު އިންޑިއާގެ ޑައިރެކްޓަރު އެސް.އެސް. ރާޖަމޯލީގެ އާ ފިލްމު ”އާރްއާރްއާރް“ ރިލީޒްކުރެވޭނެ ދުވަހެއް ކަނޑައެޅިއްޖެއެވެ.
އެންމެ ފުރަތަމަ2020 ވަނަ އަހަރުގެ ޖުލައި30 އަށް ތާވަލުކުރި މި ފިލްމު ކޮވިޑާއި ގުޅިގެން ފަސްކުރުމަށްފަހު، މިއަހަރު ޖެނުއަރީ މަހުގެ7 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކުރިއެވެ. އެއަށްފަހު އަނެއްކާވެސް ކޮވިޑާއި ގުޅިގެން ސިނަމާތައް ބަންދުކުރަން ފެށުމާއެކު މިވަނީ ތިންވަނަ ފަހަރަށް ތާރީޚު ފަސްކޮށްފައެވެ.

ދެކުނު އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީ ރާމާ ރާއޯ ޖޫނިއާ ލީޑް ރޯލުން ފެނިގެންދާ ”އާރްއާރްއާރް“ ގައި ކިޔައިދޭނީ އިންގިރޭސިންގެ އަޅުވެތިކަމުގައި އިންޑިއާ އޮތް ދުވަސްވަރުގެ ތެރެއިން1920 ގެ ޚިޔާލީ ހާދިސާތަކެކެވެ. ވަރުގަދަ ހަނގުރާމައެއް ފެނިގެންދާނެ މި ފިލްމުގައި ބޮލީވުޑް ބަތަލު އަޖޭ ދޭވްގަން އަދި ބޮލީވުޑް ބަތަލާ އާލިއާ ބަޓްވެސް ވަރަށް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ.
ޖުމުލަ400 ކްރޯޑް ރުޕީސް (53 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ތައްޔާރުކޮށްފައިވާ މި ފިލްމަކީ ކޭ.ވީ ވިޖޭންދުރަ ޕްރަސާދުގެ ވާހަކައަކަށް ރާޖަމޯލީ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކޮށްފައިވާ ޕީރިއަޑް އެކްޝަން ޑްރާމާއެކެވެ. ޑީ.ވީ.ވީ. ދަނައްޔާ ޕްރޮޑިއުސްކޮށްފައިވާ ”އާރްއާރްއާރް“ ސިނަމާތަކުގައި އަޅުވަން މިހާރު ނިންމާފައިވަނީ އަންނަ މާރިޗު މަހުގެ25 ވަނަ ދުވަހުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 ޑިސެމްބަރ 2025ޚަބަރުސަންޖޭ ލީލާ ބަންސާލީގެ ”ލަވް އެންޑް ވޯރ“ ގެ ޝޫޓިން އަނެއްކާވެސް ލަސްވެއްޖެ
- 30 ޑިސެމްބަރ 2025ޚަބަރުޕްރަބާސްގެ ”ދަ ރާޖާސާބް“ ގެ ދެވަނަ ޓްރެއިލާ ވަރަށް ޝައުޤުވެރި
- 30 ޑިސެމްބަރ 2025ޚަބަރުއަނެއްކާވެސް ރަންވީރާއި އާލިއާ އެކުގައި
- 30 ޑިސެމްބަރ 2025ޚަބަރުބޮލީވުޑުން ހަދާ އެންމެ ބޮޑު ގޯހަކީ އަމިއްލަ ސަގާފަތް ދޫކޮށްލުން: ޝޭކަރް ކަޕޫރް




