ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާދިންގެ “ސާދަވިލޭރޭ” ގެ ޓީޒަރ ދައްކާލައިފި

ކުރިއަރަމުން އަންނަ، އުއްމީދީ ލަވަކިޔުންތެރިޔާ އަޙްމަދު ޝާދިންގެ ފުރަތަމަ ފުލް ކަވަރ ‘ސާދަވިލޭރޭ’ގެ ޓީޒަރ ދައްކާލައިފި އެވެ. މަޝްހޫ ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ)ގެ ޓޮނިކް ލައިވް ސްޓޫޑިއޯއިން މިއުޒިކް ހަދާފައިވާ މި ލަވައިގެ ވީޑިއޯ ހަދާފައިވަނީ އާރޯބް ސްޓޫޑިއޯއިން ނެވެ.

“ސާދަވިލޭރޭ މި ކަވަރ އަކީ ޝާދިން އެއްމެ ފުރަތަމަ ނެރޭ، މި ބުނީ އެކަނި ކިޔާފަ އޮތް އެއްމެ ފުރަތަމަ ލަވަ. ދެން ކުރިން ހުންނާނެ މެޝަޕް ވެސް ނެރެފަ އައްޔުއާ އެއްކޮށް. ދެން އިންނާނެ ތިން ޝޯޓް ކަވަރ ނެރެފަ.” މި ލަވައިގެ މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން ޝާދިން ބުންޏެވެ.

ޝާދިން ބުނީ މި ލަވައަކީ ފެށުން ކަމަށާ، ކުރިއަށް އޭނާގެ ވަރަށް ބައިވަރު ލަވަތައް، ކަވަރތައް އަދި އަމިއްލަ ލަވަތައް ވެސް އެބަހުރި ކަމަށެވެ. އެގޮތުން ވަރަށް ގިނަ ސަޕްރައިޒްތައް ކުރިއަށް އެބަހުރި ކަމަށްވެސް ޝާދިން ބުންޏެވެ.

“ސާދަވިލޭރޭ” ކަވަރގެ އޯޑިއަށް ވުރެން ކުރިން ވީޑިއޯ ނެރެވިގެން ދާނެ ކަމަށާ، އޯޑިއޯ އަދި ވީޑިއޯގައި ވެސް ވަރަށް ބައިވަރު ސަޕްރައިޒްތަކެއް އެކުލެވިފައިވާނެ ކަމަށްވެސް ޝާދިން ފާހަގަކުރިއެވެ.

ޝާދިންގެ މި މަސައްކަތަށް އެހީތެރިވެދިން ހުރިހައި ގާތް ރައްޓެހިންނަށާ އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ) އަދި މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އަށް ވަރަށް ޚާއްޞަ ޝުކުރެއް ޝާދިން އަދާކުރެއެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/shaaaaadhin/videos/273065934944481″ poster=”http://www.muniavas.com/wp-content/uploads/2022/02/SaadhaVileyrey.jpg”]

ޝާދިންގެ ހުނަރާމެދު ރާއްޖޭގެ އެންމެ މަޝްހޫރު އެއް މިއުޒީޝަން މުހައްމަދު މާޖިދު (މެޒޯ) ބުނެފައިވަނީ ޝާދިން ފަދަ ޒުވާނުންނަކީ މިއުޒިކް އިންޑަސްޓްރީއަށް ނުހަނު ބޭނުންތެރި ބައެއް ކަމަށާ އެމީހުންގެ ހުނަރާއި އަމިއްލަ އުފެއްދުންތަކަށް އިންޑަސްޓްރީން ޖާގަ ފުޅާކޮށްދީފިނަމަ، އާންމުންނާ ހަމައަށް ރީތި އުފެއްދުންތަކެއް ފޯރުކޮށްދެވޭނެކަމުގެ އުންމީދު އެބައޮތް ކަމުގައެވެ. މެޒޯ މޯޑްގެ އެ އުއްމީދު ފުރިހަމަވެގެން ދާނެކަން ޝާދިންގެ މި އުފެއްދުމާއި ކުރިއަށް ހުރި އުފެއްދުންތަކުގެ އުފާވެރި ޚަބަރުން ވެސް ލިބިގެންދާކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top