ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާނު ޑްރާމާ “ބަދްޒާތު” ފަށަނީ

ޕާކިސްތާނުގެ މަޝްހޫރު ބަތަލު އިމްރާން އަޝްރަފް އަދި ބަތަލާ އުރްވާ ޙުސައިން އެކުގައި ފެނިގެންދާ ޑްރާމާ “ބަދްޒާތު” މާދަމާ ރޭ ފަށާގޮތަށް ނިންމައިފިއެވެ.
ޖީއޯ ޓީވީއިން މާދަމާ ރޭ މި ޑްރާމާ ދައްކަން ފަށަން ތައްޔާރުވަމުން އަންނައިރު، މިއީ 2020 ވަނަ އަހަރު ހަމް ޓީވީއިން ގެނެސްދިން “މުޝްކް” އަށްފަހު މި ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ޑްރާމާކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ “މުޝްކް” ގައި މި ދެތަރިން ދެއްކި ޖާދޫ ތަކުރާރު ކުރާނެ ޑްރާމާއެއް ކަމަށްވެސް ބެލުންތެރިން އުންމީދުކުރެއެވެ.

އިސް ރޯލުތަކުން އިމްރާން އާއި ޒޯޔާގެ އިތުރުން ޢަލީ އައްބާސް ފެނިގެންދާ “ބަދްޒާތު” ގެ ތަރިންގެ ތެރޭގައި ޒޯޔާ ނަސީރު، ސިދްރާ ނިއާޒީ، ސަބާ ފައިސަލް، ދާނިއަލް އަފްޒަލް އަދި ހަނީފް މުޙައްމަދު ފަދަ ތަރިން ހިމެނެއެވެ.

“ބަދުޒާތު” ގެ ވާހަކަ ބިނާވެފައިވަނީ އިމްރާން އާއި އުރްވާގެ ދިރިއުޅުމުގެ މައްޗަށެވެ. އިމްރާން ކުޅެފައިވަނީ މުއްސަނދި ޒުވާން ފިރިހެނެއްގެ ބައެވެ. ނަމަވެސް އޭނާއަކީ ދިރިއުޅުމުގައި ދިމާވެފައިހުރި ކަންތައްތަކެއްގެ ސަބަބުން އާދަޔާ ޚިލާފު ރުޅިގަނޑެއް ހުންނަ މީހެކެވެ. އޭނާއަށް އުރްވާ ދެކެ ލޯބިވެވި، އުރްވާއަކީ އޭނާގެ މިލްކެއް ކަމަށް ނިންމައެވެ.

ލޯބީގެ ތަފާތު ވާހަކައެއް ކިޔައިދޭ “ބަދްޒާތު” އަކީ ހަމް ޓީވީގެ “އިޝްޤް ތަމާޝާ”، ޖީއޯ ޓީވީގެ “ކަބީ ސޯޗާ ނަ ތާ” އަދި ހަމް ޓީވީގެ “ދާސީ” ފަދަ ރީތި ޑްރާމާތަކެއް ލިޔެދިން މިސްބާހް ނައުޝީން ލިޔެ، ސިރާޖުލް ޙައްޤު ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ.

ޢަބްދުﷲ ކަދުވާނީ އާއި އަސަދު ޤުރޭޝީގެ ސެވެންތު ސްކައި އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށްފައިވާ “ބަދްޒާތު” ގެނެސްދޭން ނިންމާފައިވަނީ ކޮންމެ ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ. އޭގެ އިތުރުން ޖީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ‘ހަރް ޕަލް ޖީއޯ’ އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top