ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާނު ޑްރާމާ “ނެހާރް” ފަށައިފި

ޕާކިސްތާނު ޑްރާމާ ސިލްސިލާ “ނެހާރް” ދައްކަން ފަށައިފިއެވެ.

އުސާމާ ތާހިރް، އަރީބާ ހަބީބް، ޝަފާތު ޢަލީ އަދި ސަބޫރް ޢަލީ އިސް ރޯލުތަކުން ފެނިގެންދާ މި ޑްރާމާގެ އެހެން ބައިތައް ކުޅެފައިވާ ތަރިންގެ ތެރޭގައި ފަރްހާން ޢަލީ އާޣާ، އެންޖެލައިން މާލިކް، އުމަރް އިޤްބާލް، މުނައްޒާ އާރިފް އަދި ސައިމާ ޤުރޭޝީ ފަދަ ތަރިން ހިމެނެއެވެ.

އިޖުތިމާޢީ މައްސަލަތަކުގެ ތެރެއިން ބޮޑު މައްސަލައެއްގެ ވާހަކަ ކިޔައިދޭ “ނެހާރް” އަކީ މޫމިނާ ދުރައިދުގެ ‘އެމްޑީ ޕްރޮޑަކްޝަންސް’ އިން އުފައްދާފައިވާ ޑްރާމާއެކެވެ. ޑްރާމާ ލިޔެފައިވަނީ މިދިޔަ އަހަރު ޖީއޯ ޓީވީއިން ގެނެސްދިން ކާމިޔާބު ޑްރާމާ ސިލްސިލާ “މުޖޭ ޚުދާ ޕޭ ޔަޤީން ހޭ” ލިޔެދިން ސޫފިއާ ކުއްރަމްއެވެ. ޑްރާމާ

ޑައިރެކްޓްކުރީ 2016 ވަނަ އަހަރު “ބޭ ޢައިބް” ގެ ނަމުގައި ޑްރާމާއެއް ގެނެސްދިން ޗޯދަރީ ޢަލީ ޙަސަންއެވެ.

ރޭ ރާއްޖެ ގަޑިން 9:00 ގައި “ނެހާރް” ދައްކަން ފެށިއިރު، ކޮންމެ ހޯމަ އަދި އަންގާރަ ދުވަހެއްގެ ރޭ ހަމް ޓީވީއިން މި ޑްރާމާގެ އާ އެޕިސޯޑެއް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އަދި ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top