ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސެންޓު ސީރީޒް: އަފްނާންގެ “ސުޕްރެމަސީ ނޮޓް އޮންލީ އިންޓެންސް”
މުނިއަވަސް ގްރެފިކްސް

މިފަހަރު މި ބަލާލަނީ މޭވާގެ ތާޒާކަމާއި، މީރުވަހުގެ ފުންކަމާއި، ކަރާމާތްތެރިކަން އެކުލެވިގެންވާ ސެންޓަކަށެވެ. އެއީ އަފްނާންގެ “ސުޕްރެމަސީ ނޮޓް އޮންލީ އިންޓެންސް” އެވެ. މިއީ ދާއިމީ ހަނދާނެއް ދޫކޮށްލަން ބޭނުންވާ ފިރިހެނުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ، ޒަމާނީ އަދި ފާހަގަކޮށްލެވޭ ސެންޓެކެވެ.

2021 ވަނަ އަހަރު ބާޒާރަށް ނެރުނު، އަދި މަޝްހޫރު ސެންޓު އުފައްދާ އިމްރާން ފަޒްލާނީގެ މި އުފެއްދުމަކީ، އޭގެ ތަފާތު ސިފަތަކާއި، ގިނައިރު ވަސް ހުންނަ މިންވަރާއި، އަދި މުއްސަނދި ވަހުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ “އެމްބަރ ވުޑީ” ގިންތީގެ ސެންޓެކެވެ.

މި ސެންޓު ހޮވަންވީ ކީއްވެ؟

“ސުޕްރެމަސީ ނޮޓް އޮންލީ އިންޓެންސް” އަކީ ޖެހުމާއެކު އޭގެ ބާރުވެރިކަން ދައްކުވައިދޭ ސެންޓެކެވެ. މިއީ މޭވާގެ ތާޒާކަމާއި ބިމުގެ އަސްލާ ގުޅިފައިވާ ފުން ވަސްތަކުގެ ފުރިހަމަ މިކްސްއެކެވެ. އަދި މިއީ ބޭނުންކުރާ މިންވަރު ބަލައިގެން ޖަހައިފިނަމަ، ޒަމާނީ އަދި މާތް ފިރިހެންވަންތަކަމެއް ސިފަކޮށްދޭނެ ވަހެކެވެ.

ސެންޓުގައި އެކުލެވޭ ވަސްތައް

● ފުރަތަމަ ދުވާ ވަސް: ބްލެކް ކަރަންޓް، ބާގަމޮޓް އަދި އާފަލު
● މެދުތެރޭ ދުވާ ވަސް: އޯކްމޮސް، ޕެޗޫލީ އަދި ލެވެންޑާ
● ފަހުން ހަރުލާ ވަސް: އެމްބަރގްރިސް، މަސްކް އަދި ސެފްރޯން

މީގެ ފުރަތަމަ ވަހުން މޭވާގެ މީރުކަން ގެނެސްދޭއިރު، ބްލެކް ކަރަންޓުން ފޮނިކަން އަދި ބާގަމޮޓުން ސިޓްރަސްގެ ތާޒާކަން ލިބިދެއެވެ. އަދި އާފަލުގެ ވަހުން ސެންޓަށް އިތުރު ދިރުމެއް ގެނެސްދެއެވެ.

ސެންޓު ހަށިގަނޑުގައި ހަރުލަމުންދާއިރު، އޯކްމޮސް އާއި ޕެޗޫލީގެ ސަބަބުން ސެންޓަށް ފުންކަމެއް ލިބި، ލެވެންޑާގެ މީރުވަސް މީގެ ތެރެއަށް މަސްހުނިވެގެންދެއެވެ. މި ބައިތަކުގެ ސަބަބުން ސެންޓުގެ މެދުބަޔަށް ވަރުގަދަ ޝަޚުސިއްޔަތެއް ލިބިގެންދެއެވެ.

މިވެސް ކިޔާލަން:  ސެންޓު ސީރީޒް: ގަރލަންގެ "އިންސޮލެންސް އޯ ޑި ޕަރފުމް"

އެންމެ ފަހުން ސެންޓު ނިމިގެންދަނީ އޭގެ އަސްލު ބާރުގަދަ ސިފަތަކާ އެކުގައެވެ. އެމްބަރގްރިސްގެ ހޫނުކަމާއި، މަސްކްގެ އޮމާންކަމާއި، އަދި ސެފްރޯންގެ ކުޅި މީރުވަހުގެ ސަބަބުން މިއީ މުއްސަނދި އަދި ދުވަހަކުވެސް ހަނދާނުން ފޮހެލަން އުނދަގޫ ވަހަކަށް ބަދަލުވެގެންދެއެވެ.

ވަސް ފެތުރޭ މިންވަރާއި ދެމިހުންނަ ވަގުތު

● ވަސް ފެތުރޭ މިންވަރު: ވަރުގަދަ
● ވަސް ދެމިހުންނަ ވަގުތު: އާންމު ގޮތެއްގައި 8 އިން 12 ގަޑިއިރާ ދެމެދު (މިއީ ހަންގަނޑުގެ ބާވަތަށާއި، މޫސުމަށާއި، ބޭނުންކުރާ މިންވަރަށް ބިނާވެގެންވާ ކަމެކެވެ.)

“ސުޕްރެމަސީ ނޮޓް އޮންލީ އިންޓެންސް” އަކީ ވަސް ހުރުމުގެ ގޮތުން ވަރަށް ފާހަގަކޮށްލެވޭ ސެންޓެކެވެ. ޖަހާ ފުރަތަމަ ގަޑިއިރުތަކުގައި ވަރަށް ބޮޑަށް ވަސް ފެތުރޭއިރު، ވަގުތު ދާވަރަކަށް ހަށިގަނޑާ ގާތް މީރުވަހެއްގައި ހިފަހައްޓާލައެވެ. ހޫނުގަދަ އަދި ތެތްފިނިކަން ހުންނަ މޫސުމެއްގައި، މަދު މިންވަރަކަށް ބޭނުންކުރުމުން މީގެ ފުރިހަމަކަން މާ ބޮޑަށް އިޙުސާސްވާނެއެވެ.

މި ސެންޓު އެންމެ ކަމުދާނީ ކޮން ބަޔަކަށް؟

● މޭވާގެ ވަހާއި، ލަކުޑީގެ ވަސް އަދި މަސްކްގެ ވަހަށް ލޯބިކުރާ ފިރިހެނުންނަށް
● ފުން އަދި ބާރުގަދަ ވަސްތަކަށް ޝައުޤުވެރިވާ މީހުންނަށް
● އާދައިގެ ތާޒާ ސެންޓުތަކަށްވުރެ ތަފާތު ސެންޓެއް ހޯދާ ފަރާތްތަކަށް
● ދުވާލުގެ ވަގުތުތަކަށާއި ރޭގަނޑުގެ ޚާއްސަ މުނާސަބަތުތަކަށްވެސް ބޭނުންކުރެވޭނެ ސެންޓެއް ހޯދާ މީހުންނަށް

މީގެ ވަރުގަދަ ސިފަތަކުގެ ސަބަބުން ރޭގަނޑުގެ ޕާޓީތަކަށާއި، ޚާއްސަ އިވެންޓުތަކަށް މިއީ ނުހަނު އެކަށީގެންވާ ސެންޓެކެވެ. އަދި ބަލައިގެން ބޭނުންކުރާނަމަ ކޮންމެ ދުވަހަކު ޖަހާ ސެންޓެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެއެވެ.

މިވެސް ކިޔާލަން:  ސެންޓު ސީރީޒް: ލަޠާފާގެ "ކޮންފިޑެންޝަލް ޕްލެޓިނަމް"

އެހެން ސެންޓަކާ އެކު ބޭނުންކުރުމަށް އިރުޝާދެއް

● ސެންޓުގެ ބާރުގަދަކަން ކުޑަކޮށް، ފޮނި އަދި އޮމާން ގޮތެއް ގެނައުމަށް ވެނީލާ ވަހަކާއެކު ބޭނުންކުރާށެވެ.
● ސެންޓުގެ ވަސް އިތުރަށް އޮމާންކޮށްލުމަށް މަސްކް ވަހަކާއެކު ބޭނުންކުރާށެވެ.
● ސެންޓުގެ ފުންކަން އިތުރުކުރުމަށް ލަކުޑީގެ ވަހަކާ އެކުލަވާލާށެވެ.
● “ސުޕްރެމަސީ ނޮޓް އޮންލީ އިންޓެންސް” އަކީ އަމިއްލައަށްވެސް ވަރަށް ބާރުގަދަ ސެންޓެކެވެ. އެހެން ސެންޓަކާއެކު ބޭނުންކުރާއިރު ވަރަށް މަދު މިންވަރަކުން ފަށާށެވެ.

އަފްނާންގެ “ސުޕްރެމަސީ ނޮޓް އޮންލީ އިންޓެންސް” އަކީ ހަމައެކަނި ތާޒާ މޭވާގެ ވަހެއް ނޫނެވެ. މިއީ ތަފާތު ސިފަތަކެއް އެކުލެވިގެންވާ ފުރިހަމަ އުފެއްދުމެކެވެ. ތާޒާކަމާއި، ފުންކަމާއި، ފޮނިކަމާއި، އަދި ހައިބަތު މީގައި އެކުލެވިގެންވެއެވެ.

ބްލެކް ކަރަންޓްގެ ތާޒާ ވަހުން ފެށިގެން، އޯކްމޮސްގެ ފުން ވަހާއި، މަސްކްގެ ހޫނު ނިމުމާ ހަމައަށް، މިއީ ޒަމާނީ ފިރިހެންވަންތަކަން ތަފާތު ގޮތަކަށް ސިފަކޮށްދޭ ސެންޓެކެވެ. މިއީ އަމިއްލަ ނަފްސަށް އިތުބާރު ހުރި، އަދި ކޮންމެ ތަނަކަށް ދިޔަޔަސް އޭނާގެ ވަސް އެތަނެއްގައި ބަހައްޓަން ބޭނުންވާ ފިރިހެނުންނަށް ޚާއްސަ ސެންޓެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top