ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮޕީ އިއްސެ އާާއި ޒިޔާ ކުޑަކުދިންނަށް ‘ކަނޑު އިބްލީސް’ ގެނެސްދެނީ

ސާކް ފިލްމު ފެސްޓިވަލް އިން އެވޯޑް ހޯދާފައިވާ ފިލްމީ ތަރި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ޒިޔާ ގެ ޕްރޮޑަކްޝަން ހައުސް އިން ‘ކަނޑު އިބްލީސް’ ގެ ނަމުގައި ކުޑަކުދިންގެ ފިލްމެއް ހެދުމަށް ތައްޔާރުވެއްޖެ އެެވެ.

މުނިއަވަސް އަށް މަޢުލޫމާތު ދެމުން ކޮޕީ އިއްސެ ބުނީ ޖެނުއަރީ މަހު 29 ގައި ޝޫޓިން އަށް ފުރާނެކަމަށާއި ޝޫޓިން ކުރިއަށްދާނީ ކުޅުދުއްފުށީގައި ކަމަށެވެ.

އިއްސެ ބުނީ މި ފިލްމަކީ އޭނާގެ ބައްޕަ ކޮޕީ މުޙައްމަދު ރަޝީދު ގެ ސްކްރީންޕްލޭ އަކަށް ހަދާ ފިލްމެއް ކަމަށެވެ. އަދި މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ޒިޔާ އާއި ވީޑިއޯ ލަވަތަކުންވެސް ފެނަންނަން ފަށާފައިވާ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތު ކަމަށްވެސް އިއްސެ ބުންޏެވެ.

‘ކަނޑު އިބްލީސް’ ފިލްމުގެ ތިން ޕްރޮޑިއުސަރުން ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: ޒިޔާ ފޭސްބްކް

ފިލްމުގެ ލީޑުން ފެނިގެންދާނީ އިއްސެ އާއި ޒިޔާ އެވެ. މީގެ އިތުރުން ފެންނާނީ ކުޅުދުއްފުށީ މީހުންނާއިި ކުޑަކުދިން ނެވެ.

ފިލްމުގެ ޝޫޓިން ދިހަ ވަރަކަށް ދުވަސް ތެރޭ ނިންމާލައި ދެ މަސް ތެރޭގައި ފިލްމު އެޅުވުމަކީ އިއްސެ އާއި ޒިޔާގެ ޕްރޮޑަކްޝަން ހައުސް ގެ ޕްލޭނެވެ. އަދި އެންމެ ފުރަތަމަ ފިލްމު ސްކްރީން ކުރަން ނިންމާފައިވަނީ ކުޅުދުއްފުށީގައެވެ. އޭގެ ފަހުން އޮލިމްޕަހުގައިވެސް ފިލްމު ސްކްރީން ކުރުމަށްވަނީ ނިންމާފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top