ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަމްޖޭގެ “ބްރިޖް” ދައްކަން ފަށައިފި

މަޝްހޫރު ޑައިރެކްޓަރ އަމްޖަަދު އިބްރާހީމް (އަމްޖޭ)ގެ ކޮމެޑީ ވެބް ސީރީޒް “ބްރިޖް” ދައްކަން ފަށައިފިއެވެ. ބައިސްކޯފު ފޯނު އެޕްލިކޭޝަން އަދި ޓީވީ އެޕްލިކޭޝަން މެދުވެރިކޮށް މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިހާރު ބަލައިލެވޭނެއެވެ.

އަމްޖޭގެ “ބްރިޖް”ގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންގެ ތެރޭގައި، މަޝްހޫރު އެކްޓްރެސް ޝީލާ ނަޖީބް، މަޤްބޫލު އެކްޓަރ ޝަމީލް، ކޮމެޑީގެ ރަސްގެފާނު އަޙްމަދު ޝާޒް (ތަޖޫ)، ހުނަރުވެރި އެކްޓްރެސް އާމިރާ، މަންމަ ބަޔަށް ހިތްގައިމު މަރިޔަމް ހަލީމްގެ އިތުރުން އުއްމީދީ އެކްޓަރ އަނިލް ހިމެނެއެވެ.

މީގެ 10 ވަރަކަށް މަސް ކުރިން މަސައްކަތް ފެށި “ބްރިޖް” އެއްކޮށް ނިންމައި ބައިސްކޯފާ ހަވާލުކޮށްފައިވާކަން މުނިއަވަސް އަށް އެނގިފައި ވެއެވެ. އެހެންކަމުން މި ސީރީޒްގެ އައު އެޕިސޯޑެއް ކޮންމެ ހަފުތާއެއްގައިވެސް ބައިސްކޯފުން ސްޓްރީމްކުރާނެ އެވެ.

“ބްރިޖް” ކޮމެޑީ ސީރިސް ޝޫޓްކޮށްފައިވަނީ ހުޅުމާލޭގައެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top