ލައިޓްސްއައުޓް ޕްރޮޑަކްޝަންސް އިން އުފައްދާފައިވާ ކުރު ފިލްމު “ނަޒަރު”ގެ ޓީޒަރއަށް ނަޒަރެއް ހިންގައިލުމުން ފާހަގަވަނީ ތަފާތު ކަމެކެވެ. ޓީޒަރގައި ލިޔެލާފައިވާ ކުރު ތަޢާރަފުން އެކަނިވެސް މިއީ ތަފާތު ނަޒަރެއް ފެނިގެންދާނެ ފިލްމެއްކަމަށް ޤަބޫލުކުރެވެއެވެ.
“ނަޒަރު” މިއީ، މައުސޫމް ފިރިހެން ކުއްޖަކަށް ގޮތް ނޭނގޭ އަންހެން ކުއްޖެއް ދެކެ ލޯބިވެމުން ދެން ކަންތައްތައް ވެގެންދާނެ ގޮތް ފެނިގެންދާނެ ކުރު ފިލްމެކެވެ. ގޮތް ނޭނގޭ އެ އަންހެން ކުއްޖާއަކީ އެދުންވެރިކަމާ ލޯބިން ފުރިގެންވާ ކުއްޖެކެވެ. މި ފިލްމުގައި، ފިރިހެން ކުއްޖާ އާއި އަންހެން ކުއްޖާގެ ގުޅުން ކިހާ ހިސާބަކަށް ގެންދާނެބާއޭ ބުނެ، ފިލްމުގެ ކުރު ޚުލާޞާގައި ސުވާލުކޮށްފައި ވެއެވެ.
އަޙްމަދު އިޝްފާން އަދި ވިކީ އިސް-ބަޠަލުންގެ ގޮތުގައި ފެނިގެންދާ ކުރު ފިލްމު “ނަޒަރު” ލިޔެފައިވަނީ ޝިނާހް އަދި އިފާޒް އެވެ. ޑައިރެކްޓްކުރީ ޝިނާހް އެވެ. ކެމެރާކުރީ އިފާޒް އެވެ. ނުވަ މިނެޓް ތިރީސް ފަސް ސިކުންތުގެ މި ކުރު ފިލްމު އެޑިޓްކުރީވެސް ޝިނާހް އަދި އިފާޒް އެވެ.
ލައިޓްސްއައުޓް ޕްރަޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ މީޑިއާނެޓްގެ ކުރު ފިލްމު މުބާރާތަށް އުފެއްދި ފިލްމެކެވެ. ފިލްމު އުފެއްދުމުގައި އަޗޭސިއާގެ ފިއްޓި އަދި ޔާފިޢުގެ ފަރާތުން ލިބުނު އެހީތެރިކަމަށްޓަކައި ލައިޓްސްއައުޓްގެ ފަރާތުން ޝުކުރުވެރި ވާކަމަށް ޝިނާހް ބުންޏެވެ.
މަޝްހޫރު ވެބް ސީރީޒް ‘އެހެނަސް” އުފެއްދުމުގައި ހަރަކާތްތެރިވި ލައިޓްސްއައުޓްގެ ކުރު ފިލްމު “ނަޒަރު”ގެ ޓީޒަރ އާއްމުކުރީ މިމަހު ފަސްވަނަ ދުވަހު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!