ގޫގުލް ޓްރާންސްލޭޓަރ ބޭނުންކޮށްގެން ދިވެހިބަސް ތަރުޖަމާކުރެވޭ ގޮތް ހަދައިފި އެވެ.
ގޫގަލް ޓްރާންސްލޭޓްގައި ދިވެހި ބަސް ތަރުޖަމާ ކުރެވޭ ގޮތް ހަދާފައިވާކަން އިއުލާންކޮށްފައިވަނީ މި މޭމަހު 11 ވަނަ ދުވަހު ބޭއްވި ގޫގުލް ޑިވެލޮޕާސް ކޮންފަރެންސްގަ އެވެ. ގޫގަލް ޓްރާންސްލޭޓަށް އިތުރު 24 ބަހެއް އިތުރުކޮށްފައިވާ ކަމަށް އެ ކޮންފަރެންސްގައި ހާމަކުރި އެވެ. އަލަށް އިތުރުކުރި ބަސްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ 450،000 ދިވެހިން ވާހަކަ ދައްކާ ދިވެހިބަހުގެ އިތުރުން ނޭޕާލް، ފިޖީ އަދި އިންޑިއާގެ އުތުރުގެ 50 މިލިއަން މީހުން، އިންޑިއާގެ 50 މިލިއަން މީހުން ވާހަކަ ދައްކާ ލިންގަލާ، ޓްވީ އަދި ޓިގްރިނިއާ ހިމެނޭ ގޮތަށް އެފްރިކާގެ 10 ބަހެއް ހިމަނާފައިވެ އެވެ.
އިތުރު ކުރި ބަސްތަކުގެ ތެރޭގައި އަސަމީސް، ބޯޖްޕޫރީ، ސާންސްކްރިތު، ކުރުދިޝް ހިމެނެއެވެ.
ގޫގުލް އިން ބުނި ގޮތުގައި، އަލަށް އިތުރުކުރި 24 ބަހަކީ 300 މިލިއަނަށް ވުރެ ގިނަ މީހުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްތަކެކެވެ. އިތުރު ކުރި ބަސްތަކާ އެކު މިހާރު ގޫގުލް ޓްރާންސްލޭޓްގައި ޖުމްލަ 133 ބަހުން ތަރުޖަމާކުރެވޭނެ އެވެ.
މައިކްރޯސްޕޮޓުން ވެސް ދާދި ފަހުން ވަނީ ދިވެހި ބަހަށް ތަރުޖަމާކުރެވޭ ގޮތް ހަދާފަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!