އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓްގެ އައިކޮނިކް ހިޓް ފިލްމު “ތޭޒާބް”ގެ އަލުން ހަދާނެ ކަމަށް ޕްރޮޑިއުސަރު މުރާދު ޚެތާނީ ކަށަވަރުކޮށްދީފި އެވެ.
ޕްރޮޑިއުސަރު މުރާދު ޚެތާނީ އީޓައިމްސްއާ ވާހަކަދައްކަމުން ބުނެފައިވަނީ އެ ފިލްމުގެ ޙައްޤުތައް އެން ޗަންދްރާގެ އަތުން މިހާރު ގަނެފައިވާ ކަމަށާއި، އޭނާ ވަރަށް އަވަހަށް މި ރީމޭކްގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ފަށާނެ ކަމަށެވެ.
“ތޭޒާބް” އަލުން ކުޅުމުގެ ޙައްޤުތައް ގަތުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޚެތާނީ ބުނީ “މިއީ އައިކޮނިކް ފިލްމެއް ކަމަށާއި ފިލްމު ހަދާއިރު، މިޒަމާނަށް ވާހަކަ ބަދަލު ކުރާނަން” ކަމަށެވެ.
ނަމަވެސް މީގެ ދެތިން ދުވަސް ކުރިން މި ފިލްމުގެ ހައްޤުތައް ގަތުމާ ބެހޭގޮތިން އީޓައިމްސް އާ ޑައިރެކްޓަރު އެން ޗަންދްރާ ވާހަކަދެއްކި އިރު އޭނާގެ ވިސްނުން ހުރީ ތަފާތު ގޮތަކަށެވެ.
އެކްސްކްލޫސިވް ޗެޓެއްގައި ޗަންދްރާ ބުނެފައި ވަނީ، “ކްލާސިކް ފިލްމުތަކުގައި އަތް ނުލެވޭނެ ކަމަށާއި އޭގެ ސަބަބަކީ އެ ފިލްމުތައް ވަކި ދުވަސްވަރަކަށް އަމާޒުކޮށް ހަދާފައި ވާހަކަ އެ ޒަމާނާ ގުޅިފައި އޮތުމެވެ. ތޭޒާބް އޮތީ އިޖުތިމާއީ ޒަމާނާ ގުޅޭ ގޮތުން ކަމަށާއި އެ ޒަމާން އަލުން ނުހެދޭނެ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ. އެހެން ފުޅިއަކަށް އަޅައިގެން ފިލްމު އަލުން ނުހެދޭނެ.”
ޗަންދްރާ އިތުރަށް ބުނެފައި ވަނީ، “ތޭޒާބަކީ އައިކޮނިކް ފިލްމެއް ކަމަށާއި އެ ފިލްމް އަލުން ހަދަން ޖެހޭނެ ކަމަށް އަހަރެން ނުދެކެން. އަހަރެން ވިޔަސް އެހެންމީހަކު ވިޔަސް މި ޒާތުގެ ފިލްމާ ކުޅެގެން ނުވާނެ.”
1988 ވަނަ އަހަރު “ތޭޒާބް” ނެރުނު އިރު، އެ ފިލްމުގައި ޗަންކީ ޕާންޑޭ އާއި އަނޫޕަމް ކޭރް ވެސް ފާހަގަކޮށްލެވޭ ރޯލުތަކެއްގައި ފެނިގެން ދިޔަ އެވެ.
މަދޫރީ ފިލްމީ ދާއިރާގައި ވިދައިލުމަށް މަގުފަހިކޮށްދިން އައިކޮނިކް ލަވައެއް ކަމަށްވާ “އޭކް ދޯ ތީން” އަކީ ފިލްމުގެ އެއް އުސްއައްޔެވެ.
ރިޕޯޓްތައް ބުނާގޮތުން 1988 ވަނަ އަހަރު އެންމެ ކާމިޔާބު ފިލްމަކީ “ތޭޒާބްު” އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!