ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުނިއަވަސް ކްލަބްހައުސް އިން ގެނެސްދޭ ކޮންޓެންޓްތައް މުނިއަވަސް ފޭސްބްކް ޕޭޖަށް

މުނިއަވަސް ކްލަބްހައުސް އިން ރަނގަޅު ފެންވަރެއްގައި އުފައްދަައި ގެނެސްދެމުން އަންނަ ބައެއް ކޮންޓެންޓްތައް މުނިއަވަސް ފޭސްބްކް ޕޭޖް މެދުވެރިކޮށް އާއްމުކުރަން ފަށައިފި އެވެ. މުނިއަވަސް އިން މި ކޮންޓެންޓްތައް، މިގޮތަށް އާއްމުކުރަން ފެށީ މުނިއަވަސް ފޭސްބްކް ޕޭޖްގައި 17 ހާހަށްވުރެން ބޮޑު އޯޑިއަންސެއް އޮތްއިރު، އެ އޯޑިއަންސާ ހަމައަށް ކްލަބްހައުސްގައި ގެނެސްދޭ އުފެއްދުންތައް ފޯރުކޮށްދިނުމާއި އޮންލައިންކޮށް ބަލައިލެވޭނެ ގޮތަށް މި ތަކެތި ރައްކާކުރުމަށް ކަމަށް މުނިއަވަސް މެނޭޖްމެންޓުން ބުނެއެވެ.

“ހުރިހާ ބޭފުޅުންނަކީ އަދިވެސް ކްލަބްހައުސް ބޭނުންކުރައްވާ ބޭފުޅުންނެއް ނޫން. އަނެއްކޮޅުން މުނިއަވަސް ފޭސްބްކް ޕޭޖްގަ ބޮޑު އޯޑިއަންސެއް ދެގޮތެއް ނުވެ، މުނިއަވަސްއާއެކު އެބަ ތިއްބެވި. އެހެންކަމުން އެ ބޭފުޅުންނަށް ބޭނުން ވަގުތެއްގައި މި ކޮންޓެންޓްތައް އަޑުއަހައިލައި މުނިއަވަސް ފިލުވައިލުމުގެ ފުރުޞަތު އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން.” މުނިއަވަސްގެ ޕްރޮގްރާމް ހެޑް އާއިޝަތު ރިފްޒާ ފާހަގަކުރެއްވިއެވެ.

މުނިއަވަސް ކްލަބްހައުސް އިން އުފައްދައި ގެނެސްދެމުން އަންނަ ވާހަކަ އަދި ޑްރާމާގެ އިތުރުން މުނިއަވަސްގެ އަމިއްލަ ބައެއް އުފެއްދުންތައް ކުރިއަށް އޮތް ތަނުގައި މުނިއަވަސް ފޭސްބްކް ޕޭޖުގައި ޝާއިޢުކުރަމުން ގެންދާނެ އެވެ. އެގޮތުން މިހާރުވެސް، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ހަފުތާގެ ވާހަކަ ސްޓައިލްގައި ޑްރެމެޓައިޒްކޮށްފައިވާ ދެ ވާހަކަ ފޭސްބްކް ޕޭޖުން އަޑުއަހައިލެވެން ހުންނާނެ އެވެ.

“މީގަ ހުންނާނީ މުނިއަވަސް ޓީމުގެ މެންބަރުން، ޑްރާމާ ތައް ކުޅެފަ. ވާހަކަ ކިޔާފަ. ޒަމާނީ ސްޓައިލެއްގަ އެޑިޓްކޮށް ބެކްމިއުޒިކްވެސް ހިމަނާފަ ހުންނާނީ. އެހެންވީމަ، މި ކޮންޓެންޓް އަޑުއަހައިލާއިރު ހީވާނީ ހަމަ ފިލްމެއް ބަލައިލެވެނީއޭ. މިއީ ކްލަބްހައުސްގެ އޯޑިއަންސަށް ކަމުދިޔަ ވާހަކަތަކާ ޑްރާމާތަކެއް މީގައި ހިމަނާނީ.” މުނިއަވަސްގެ އޯޑިއޯ ވިޒުއަލް މަސައްކަތްކޮށްދޭ ރިކާޒް ސްޓޫޑިއޯއިން ފާހަގަކުރިއެވެ.

މުނިއަވަސް ކްލަބްހައުސްގައި ގެނެސްދޭ ޕްރޮގްރާމުތަކުގެ އޯޑިއޯ އިޝްތިހާރުތައްވެސް މުނިއަވަސް ފޭސްބްކް ޕޭޖް، އިންސްޓަގްރާމް ޗެނަލް، ވައިބަރ ޗެނަލް، ޓްވިޓަރ، ޓިކްޓޮކްގައި ވެސް ޝާޢިއުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MUNIAVAS/videos/421030559527234″ poster=”http://www.muniavas.com/wp-content/uploads/2022/05/HIY-ED.jpg”]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top