ކުރީގެ މަޝްހޫރު އެކްޓަރ އިސްމާއީލް ވަޖީހް ‘ޕަދްމާވަތު’ ހެދުމެއް ގައި ކައިވެނީގެ ހަފުލާއެއްގައި ބައިވެރިވެއްޖެ އެވެ. ވަޖީހް ފޭސްބްކް ގަައި ކޮށްފައިވާ ޕޯސްޓެެއްގައި ބުނީ އެންމެންވެސް ފިލްމު ‘ޕަދްމާވަތު’ ގެ ވާކަހަ ދައްކަމުންދާތީ އޭނާ އަށް ‘ޕަދްމާވަަތު’ ޝެރުވާނީ ހެދުމެއް ފެނުމުން ކައިވެނީގެ ހަފުލާއަކަށް ދިއުމަަށް އެ ހެދުން ނުގަނެ ނުހުރެވުކަަމަށެވެ.
ވަޖީހް އިތުރަށް ބުނީ އެ ހެދުން ވަރަށް ފައްކާ ކަމަށާއި އެފަދަ ދެވަނައެއް ނެތް ކަމަަށެވެ. އެ ހެދުމަށް ލޯބިކުރާކަމަށާއި އަދިވެސް އެ ފިލްމު (ޕަދްމާވަތު) ބަލާނެ ކަމަށްވެސް ބުންޏެވެ.
ވަަޖީހް ގެ ޕޯސްޓްގަައިވާ ފޮޓޯ ހިމަނަައިގެން ‘ފިލްމީ ގޮސިޕް’ ގެނެސްދޭ ފޭސްބްކް ޕޭޖެއް ކަަމަށްވާ ‘ފިލްމީ ދުނިޔެ’ އިން ވަނީ ވަޖީހް ޕޯސްޓްކޮށްފަައިވާ ފޮޓޯއަށް އެކަނި ބަލައިގެން ‘ގޮސިޕް’ ޚަބަރެއް ފަތުރާފަަ އެވެ. އެ ޕޯސްޓްގައި ވަނީ ‘އިސްމާާއީލް ވަަޖީހް ގަައުމީ ހަމަަޖެހުމަށް ކާލީމާ ޕޫޖާ އެއް ކޮށްފި’ މިހެންނެވެ. މި ޕޯސްޓަށް ވަޖީހް ވަނީ ރައްދުވެސް ދީފަ އެވެ.

‘ޕަދްމާވަތު’ ސޭރްވާާނީ ހެދުމުގައި ވަޖީހް ވަރަށް ސަޅިކަަމަށް ރަައްޓެހިން ވަނީ ކޮމެންޓް ކޮށްފައި – ފޮޓޯ: ވަޖީހް ފޭސްބްކް
‘ފިލްމީ ދުނިޔެ’ ޕޭޖްގައި ކޮށްފަައިވާ ޕޯސްޓް ގެ ސްކްރީން ޝޮޓަކާއިއެކު ވަޖީހް ވަނީ މިއީވެސް ޚަބަރެއް ހެއްޔޭ ބުނެ ސުވާލުކޮށްފަ އެވެ.
“ކީކޭ؟ މިވެސް ޚަބަރެއްތަ؟ އޯއެމްޖީ! މަށަށް ހުނުން ހުއްޓާވެސް ނުލެވުނު. އާއިލީ ކައިވެނި ޕާޓީ އަކަށް ދިއުމަކީ އެއީ ‘ކާލީމާ ޕޫޖާ’ (ހިންދޫން ގަބޫލުކުރާ ކަޅު ކަލާންގެ އަށް އަޅުކަން ކުރުން) ކަމަކަށް، ނުވަތަ އެހެންވެސް އަޅުކަމެއް ކަމަަކަށް، ހައްހަައްހާ. ނޫސްވެރިން؟ .. އަދި އަހަރެން ގެ އެހެން އަތްބެއްވެސް ހުރެޔޯ ‘ސަންވަތީ؟’ އެއީ މަށަށްވެސް ޚަބަރެއް. ހެޔޮނުވާނެ މަށާ ޖެހިގެން އެ ހުރީ މަގޭ 11 އަހަރުގެ އަންހެން ދަރިފުޅު.” ‘ފިލްމީ ދުނިޔެ’ ޕޭޖްގައި ކޮށްފަައިވާ ޕޯސްޓަށް ރައްދުދެމުން ވަޖީހު ބުންޏެވެ.

‘ފިލްމީ ދުނިޔެ’ ގޮސިޕް ޕޭޖްގައި ކޮށްފައިވާާ ޕޯސްޓް
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!