ބައިސްކޯފުގެ ”އޮފީސް ލޯބި“ ހިންގާ ބިސް އޮފީހަށް އިތުރު ތަރިން ހޯދަން އިޢުލާނުކޮށްފި އެވެ. ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ސިޓްކޮމް ”އޮފީސް ލޯބި“ ވެބް ސީރީޒްގެ ދެވަނަ ސީޒަންގައި ހަރަކާތްތެރިވާނެ އިތުރު ތަރިން ހޯދުމަށް އިޢުލާނުކޮށްފައި މިވަނީ ބިސް އޮފީހުގެ ސަޅި ސްޓައިލްގައެވެ.
”އޮފީސް ލޯބި“ ވެބް ސީރީޒްގެ ފަރާތުން އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޮފީސް ލޯބީގައި އެކްޓްކުރަން ޝަޢުޤުވެރިވާ ފަރާތްތަކުން ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު ”އޮފީސް ލޯބި“ އިންސްޓަގްރާމް ޕޭޖަށް ޑައިރެކްޓް މެސެޖަކުން ފޮނުވުމަށެވެ. މިއީ ބިސް އޮފީހުގައި މަސައްކަތްކޮށްލުމަށް ލިބޭނެ ރަނުގެ ފުރުޞަތެއް ކަމަށްވެސް ބުނެފައިވެ އެވެ.
”އޮފީސް ލޯބި“ ސީރީޒްގެ ފޭނުންގެ ހިތުގައި އުފެދިފައިވާ މުހިންމު ސުވާލަށް ޖަވާބު ދިނުމާއެކު އާއްމުކޮށްފައިވާ ޕޯސްޓާ ބެހޭގޮތުން އެ ސީރީޒްގެ ޑައިރެކްޓަރ އަމީނާ މުޙައްމަދު (އަމީ) އާ މުނިއަވަސް އިން ވާހަކަދައްކައިލީމެވެ.
”އޮފީސް ލޯބި“ ސީރީޒަށް އިތުރު ކާސްޓުން ހޯދަން އިޢުލާނުކުރީ ކީއްވެގެންތޯ އަދި ފުރަތަމަ ސީޒަންގެ ކާސްޓު ދެވަނަ ސީޒަންގައި ފެނިގެންދާނެތޯ އަހައިލުމުން މި ސީރީޒްގެ ޑައިރެކްޓަރ އަމީނާ މުޙައްމަދު (އަމީ) އޭނާގެ ކުރު އެހެނަސް ބޭނުންވާ ޖަވާބު ދޭ ސްޓައިލްގައި ބުނީ މިހާރުގެ (ފުރަތަމަ ސީޒަންގެ) ކާސްޓުންގެ އިތުރުން އައު ކުދިން ހޯދަނީ ކަމަށެވެ.
”ކޮންމެވެސް ތަފާތުތަކެއް ދެއްކޭތޯ މަސައްކަތްކުރާނަން.“ ދެވަނަ ސީޒަންގައި އެއްވެސް ތާފާތެއް ފެނިގެންދާނެތޯ އަހައިލުމުން އަމީ ދިނީ ހަމަ ގައިމުވެސް ”އޮފީސް ލޯބި“ ސީރީޒަށް އިންތިޒާރުކުރާ ފަރާތްތަކަށް އިތުރު އުފާވެރި ޚަބަރެކެވެ.
View this post on Instagram
”އޮފީސް ލޯބި“ގެ ފުރަތަމަ ސީޒަންގައި 10 އެޕިސޯޑް ދައްކާފައިވެ އެވެ. ކާސްޓްގެ 99.9 އިންސައްތަ އައު ކާސްޓުން ހިމަނައިގެން ކުޅެފައިވާ ”އޮފީސް ލޯބި“ މިއީ އޮފީސް މާހައުލުގައި ހިނގާ އެކިއެކި ކަންތައްތަކާ ގުޅުވާލައިގެން ހަދާފަވާ ކޮމެޑީ ސީރީޒެކެވެ. މި ސިރީޒްގައި ހަރަކާތްތެރިވާ ފަންނާނުންގެ ތެރޭގައި އައިމިނަތު ޝުހާ، މަރިޔަމް ވަހީދާ (ޔަމް)، ރަފްހާން، ރޫބީ، ދީނާ (ޖެރީ), ސާލިމް (ބަގްސީ)، ޖިލިއަން، ޝިވާޒު އަދި މުޙައްމަދު އަފްރާޙު ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 ޑިސެމްބަރ 2025ޚަބަރުމާލީ އެހީތެރިކަމަށް ޝަރުޠުހަވަމީ 41 މީޑިއާ
- 29 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް އެނބުރި އައުން – ދެވަނަ ބައި
- 29 ޑިސެމްބަރ 2025ރިޕޯޓްފިލާވަޅުގެ ދޭހަކުރުމަށް ފަސޭހަމަގެއް!
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި


