ކާތިކް އާރްޔަން އާއި ކްރިތީ ސަނަން އެކުގައި ފެނިގެންދާ ފިލްމު ”ޝެހެޒާދާ“ ރިލީޒްކުރުން ފަސްކޮށްފިއެވެ.
ކާތިކް އާއި ކްރިތީގެ އިތުރުން ރޯނިތު ރޯއީ، މަނީޝާ ކޮއިރާލާ، ޕަރޭޝް ރަވާލް އަދި ސަޗިން ކެޅްކަރް މައިގަނޑު ރޯލުތަކުން ފެނިގެންދާ ”ޝެހެޒާދާ“ އަކީ 2020 ގެ ކާމިޔާބު ތެލުގޫ ފިލްމު ”އަލާ ވައިކުންތަޕޫރަމުލޫ“ ގެ ހިންދީ ރީމޭކެކެވެ.
ކުރިން މި އަހަރުގެ ނޮވެމްބަރު މަހު 4 ގައި ރިލީޒްކުރަން ތާވަލުކުރި މި ފިލްމު އަންނަ އަހަރަށް ފަސްކުރީ ކީއްވެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ބުޝަން ކުމާރާއި، ކްރިޝަން ކުމާރް، އައްލޫ އަރްވިންދު އަދި އަމަން ގިލް ގުޅިގެން ޕްރޮޑިއުސްކޮށް، ރޯހިތު ދަވަން ޑައިރެކްޓްކުރާ ”ޝެހެޒާދާ“ މިހާރު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގައެވެ.
އެންމެ ފަހުން ”ބޫލް ބުލައްޔާ 2“ އިން ފެނިގެންދިޔަ އާރްޔަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ”ޝެހެޒާދާ“ ގެ އިތުރުން ”ފްރެޑީ“، ”ކެޕްޓަން އިންޑިއާ“، ”ސަތިޔަނާރަޔަން ކީ ކާތާ“ އަދި ނަން ހާމަނުކުރާ އެކްޝަން ފިލްމެއް ހިމެނެއެވެ.
”ޝެހެޒާދާ“ ގެ އިތުރުން ކްރިތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ”ބޭޅިޔާ“، ”ގަނަޕަތު“ އަދި ”އަދިޕުރުޝް“ ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ މާރޗު މަހު ރިލީޒްކުރި ”ބައްޗަން ޕާންޑޭ“ އިން އަކްޝޭ ކުމާރާ އެކުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ



