މިމަހު 06 ގައި ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު ’ދެވަންސޫރަ‘ އިގެ ތީމް ލަވަ ’ދިން އުފާ ވީފަނާ‘ ރިލީޒްކޮށްފި އެވެ.
ދިވެހި މުޖުތަމަޢުގައި ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ މީހުންމެރުމުގެ މައްސަލަ އަށް ބިނާކޮށް ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް އެކްޓްވެސް ކޮށްފައިވާ ފިލްމު ’ދެވަންސޫރަ‘ އިގެ ތީމް ލަވަ ’ދިން އުފާ ވީފަނާ‘ އިން ފިލްމުގެ ގިނަ މަންޒަރުތަކެއް ފެނިގެންދެ އެވެ.
ފިލްމުގެ މައިގަނޑު ޙާދިސާ ކަމަށްވާ އަންހެންކުއްޖެއްގެ މަރުގެ ތަހްގީގުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރާއި ޔޫއްޕެ އަދި ދޮން އައްޔަ ފެންނަނީ ނަފުސާނީ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ފަދަ ގޮތަކަށެވެ. ފިލްމުގެ ގިނަ މަންޒަރުތަކެއް ގެ ޑައިލޮގާއި އެއްކޮށް ހިމަނާފައިހުރި ބައިތައް ފެނުމުން ފިލްމު ބަލައިލުމުގެ ޝައުގުވެރިކަން އިތުރުވެގެންދެ އެވެ.
ޒަރާނާ ޒަރީޒް ގެ ޅެމަކަށް ހަދާފައިވާ މި ލަވަ ކިޔާފައިވަނީ ހުސައިން ޝިފާން އެވެ. މިއުޒިކު ތައްޔާރުކޮށްފައިވަނީ ފަޗޫ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



