ޕީއެސްއެމް ގެ ޓެލެވިޛަން މޯލްޑިވްސް އިން މިރޭ ދައްކަން ފެށުމަށް ނިންމާފައިވާ މޯލްޑިވިއަން އައިޑަލް ސީޒަން3 ގެ ޕްރިމިއާ ޝޯ ފަސްކޮށްފި އެވެ.
ކުރިންވެސް ހީކުރެވިފައިވާ ގޮތަށް މިރޭ ދައްކަން ނިންމާާފައިވާ ޝޯ ފަަސްކޮށްފައިވަނީ ސިޔާސީ މަޝްރަހް ހަލަބޮލިވުމާއި ގުޅިގެން ކަަމަށް މަޢުލޫމާާތު ލިބެއެވެ.
މިރޭ 22:30 ގައި ދެއްކުމަށް ތާވަލުކޮށްފައިވާ މާާލޭ އޮޑިޝަން ޝޯ ދެއްކުން ފަސްކޮށްފައިވަނީ ވަކި ތާރީޚެއް ކަނޑަނާޅަ އެވެ.
މޯލްޑިވިއަން އައިޑަލްގެ ކުރީގެ 2 ސީޒަން ކާމިޔާބުކަމާއެކު ބެލުންތެރިންނަށް ގެނެސްދީފައިވާއިރު، މިފަހަރުގެ ސީޒަނުންވެސް ބޮޑެތި ތަފާތުތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އެގޮތުން ކުރީގެ ދެ ސީޒަނާއި ޚިލާފަށް މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލުން 4 ފަންނާނަކު ފެންނާނެއެވެ. ހަމައެހެންމެ ކުރީގެ ސީޒަންތަކުގައި ނުފެންނަ “ގޯލްޑަން މައިކް” މިފަހަރުގެ ސީޒަންގައި ފެނިގެންދާއިރު، އައިޑަލްގެ މިފަހަރުގެ ޝޯވތަކުންވެސް ބައިވެރިންނަށާއި، ބެލުންތެރިންނަށްވެސް ބޮޑެތި ސަޕްރައިޒްތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޓީމުން ބުނެއެވެ.
ޖަޖުންނަނީ އައިޑޮލްގެ ފުރަތަމަ ދެ ސީޒަންގައިވެސް ޖަޖުކަން ކުރި މަރިޔަމް އުނޫޝާ، ފުރަތަމަ ސީޒަންގައި ޖަޖިން ޕެނަލުން ފެނުނު އަހްމަދު އިބްރާހިމް (އައްމަޑޭ)، މިދިޔަ ސީޒަންގައި ޖަޖުކަން ކުރި އިސްމާއިލް އައްފާން އާއި އަލަށް ޖަޖިން ޕެނަލަށް އިތުރުކުރި ޒާރާ މުޖުތަބާ އެވެ.
ޕްރެޒެންޓަރުންނަކީ މިދިޔަ ދެ ސީޒަންގައި ވެސް އައިޑޮލް ޕްރެޒެންޓް ކޮށްފައިވާ މޫސާ ވަސީމް ގެ އިތުރުން ޝައިނާ ޝަރީފް އެވެ. ޝައިނާ އަކީ އާރްޖޭ އެއްގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޕްރެޒެންޓަރެކެވެ.
ސީޒަން 3 ގެ މާލޭ އޮޑިޝަން ބާއްވާފައިވަނީ ރަސްރަނި ބަގީޗާގަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!