ބައިސްކޯފަށް މުޅިން އަލަށް އަންނަ ކޮންޓެންޓް މީޑިއާތަކާއި ބައިސްކޯފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް މިއަދު ދައްކާލައިފިއެވެ. ކޮންޓެންޓް ދައްކާލާފައިވަނީ މިކަމަށް ހާއްސަކޮށްގެން ބައިސްކޯފުގައި ބޭއްވުނު އެއްވުމެއްގައެވެ. މި ހަފްލާގައި އަލަށް އާންމުކުރެވޭ ކޮންޓެންޓްތަކުގެ ކާސްޓުންނާއި ކްރޫއިންގެ އިތުރުން މި ދާއިރާގައި ހަރަކާތްތެރިވާ އަދި ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތައް ބައިވެރިވެފައިވެއެވެ.

މިއަދު އާންމުކުރި، އަދި ކުރިއަށް އަންނަން ހުރި ކޮންޓެންޓް:

* ‘ސްޓެސިސް’ އަލްބަމް – ޝަހީދު ލެގަސީ
ރާއްޖޭގެ އެންމެ ކުޅަދާނަ އަދި ހުނަރުވެރި ގިޓަރިސްޓް ޝަހީދު ލެގަސީ ގެ ”ސްޓެސިސް“ އަކީ ޝަަހީދުގެ 05ވަނަ ސޯލޯ އަލްބަމެވެ. މި އަލްބަމްގައި ހިމެނެނީ 07 އިންސްޓްރޫމެންޓަލް ޓްރެެކެވެ. އެއީ ކެތާސިސް، ޕެރެޑޮކްސް، ސްޓެސިސް، ސްޓެލިފައި، އިތުރިއަލް، ރެވަރ އަދި އިލީޒިއަން އެވެ. މި އަލްބަމް ލޯންޗް ކޮށްފައިމި ވަނީ ކޮވިޑްގެ ބަލިމަޑުކަމާއި، އަދި އޮޅިގެން އަލްބަމްގެ ހުރިހާ މަސައްކަތެއް ޑިލީޓްކުރެވުން ފަދަ ކަންކަމާހެދި އަލްބަމް ލޯންޗްކުރުން ވަރަށް ބޮޑަށް ލަސްވެފައި ވަނިކޮށެވެ.

މި އަލްބަމާއެކު ރިލީޒްކުރެވުނު ބައިސްކޯފުގެ ކޮންޓެންޓްތަކުގެ ތެރޭގައި ހިމެނޭ ”ގުދަން“ ސީރީޒް ގެ ބެކްމިއުޒިމް ކޮމްޕޯޒްކޮށްފައިވަނީވެސް ޝަހީދެވެ.

 

* “ގުދަން” ވެބް ސީރީޒް
އޯކޭޒްއިންކާއި ބައިސްކޯފު ގުޅިގެން ބައިސްކޯފުން ރިލީޒްކުރި ”ގުދަން“ ސީރީޒް ދައްކަން ފަށާނީ 21އޮގަސްޓް 2022ވާ އާދީއްތަ ދުވަހުގެ ރޭ ބައިސްކޯފު އެޕްލިކޭޝަނުންނެވެ. އޯކޭޒްއިންކުން މުޅިން އާ ކޮންސެޕްޓަކަށް ގެނެސްދޭ މި ސީރީޒް އަކީ މުޖުތަމައުގައި ހިނގަމުންދާ އެކި އިޖްތިމާއީ މައްސަލަތަކަށް އަލިއަޅުވާލާ ތްރީލާއެކެވެ. 12އެޕިސޯޑުގެ މި ސީރީޒް 21އޮގަސްޓް ވާ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ އާދީއްތަ ދުވަހަކު ބައިސްކޯފުން ބަލާލެވޭނެއެވެ.

https://www.instagram.com/reel/ChZZ05DpA4O/?igshid=YmMyMTA2M2Y%3D

* “ނެތީމޭ“ ވެބް ސީރީޒް
ބައިސްކޯފާއި ގުޅިގެން، މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރ މޫމިން ފުއާދު ލިޔެ ޑައިރެކްޓް ކުރާ މި ސީރީޒް އަކީ ކްރައިމް ތްރިލާއެކެވެ. 05 އެޕިސޯޑްގެ މި ސީރީޒް އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ބައިސްކޯފުން ބަލާލެވޭނެއެވެ.

https://www.instagram.com/reel/ChCHWDqpPs5/?igshid=MDJmNzVkMjY%3D

 

* “ޑާކްރެއިން ކްރޮނިކަލްސް” ވެބް ސީރީޒް
ބައިސްކޯފާއި ޑާކްރެއިން އެންޓަޓެއިންމަންޓާއި ގުޅިގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ ޑާކްރެއިން ކްރޮނިކަލްސް އަކީ 06 އެޕިސޯޑުގެ އެންތޮލޮޖީ ސީރީޒްއެކެވެ. އަހުމަދު ތޮލާލް ލިޔެ ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެޓްކުރާ މި ސީރީޒަކީ ބަދަލުހިފުން ދައްކުވައިދޭ ސީރީޒެކެވެ. މި ސީރީޒް ބައިސްކޯފުން ގެނެސްދޭން ފަށާނީ އަންނަ އޮކްޓޯބަރ ގައެވެ.

https://www.instagram.com/reel/Che4uakJ1kS/?igshid=YmMyMTA2M2Y%3D

 

ބައިސްކޯފުގެ އެޕް މިހާރު މޯބައިލް ފޯނާއި ޓީވީ އިން ބަލާލެވެއެވެ. ’ބައިސްކޯފު‘ އަކީ ރާއްޖޭގައި މިވަގުތު އެންމެ ކުރިއަރާފައިވާ އަދި ނަން ހިނގާ ސްޓްރީމިންގ ޕްލެޓްފޯމެވެ. ބައިސްކޯފް ވެބްސައިޓް www.baiskoafu.comއިން ބީއެމްއެލް ޕޭމަންޓް ގޭޓްވޭ އަދި ދިރާގު ސަބްސްކްރިޕްޝަން ޕޯޓަލް މެދުވެރިކޮށް ބައިސްކޯފަށް ސަބްސްކްރައިބްކުރެވޭނެ އެވެ. އަދި ބައިސްކޯފު ސަބްސްކްރިޕްޝަން އާ ގުޅޭ މައުލޫމާތު ބައިސްކޯފުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ ބައިސްކޯފު ވައިބަރ ސަޕޯޓް 7983863 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.