ޕާކިސްތާން ޑްރާމާ ސިލްސިލާ ”ވަބާލް“ މިހިނގާ ސެޕްޓެމްބަރު މަހުގެ 3 ގައި ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.
ޝައުޤުވެރި ޓްރެއިލާތަކެއްވެސް ދައްކާލާފައިވާ ”ވަބާލް“ ގައި ކިޔައިދޭނީ ފޮނި ހުވަފެންތަކެއް ދެކޭ ހީވާގި ޒުވާން އަންހެންކުއްޖެއްގެ ވާހަކައެވެ. ދަތި އުނދަގޫތަކާ އެކުވެސް އޭނާގެ ހުވަފެންތައް ހަޤީޤަތަކަށް ހަދަން ކުރާ ބުރަ މަސައްކަތް މި ޑްރާމާގައި ދައްކުވައިދޭނެއެވެ.
ތަލްހާ ޗާހޫރް، ސާރާ ޚާން އަދި މީރަބް ޢަލީ އިސް ރޯލުތަކުން ފެނިގެންދާ ”ވަބާލް“ ގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ޝަގުފްތާ އިޖާޒް، ތާރާ މަހްމާދު ހިމެނެއެވެ.
ޤައިސަރާ ހަޔާތު ލިޔެ، އަމިން އިޤްބާލް ޑައިރެކްޓްކޮށްފައިވާ ”ވަބާލް“ ޕްރޮޑިއުސްކުރީ މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސް އިންނެވެ.
3 ސެޕްޓެމްބަރުގައި ހަމް ޓީވީއިން ”ވަބާލް“ ދައްކަން ފަށާއިރު، ޑްރާމާގެ އާ އެޕިސޯޑްތައް ގެނެސްދިނުމަށް ހަމަޖައްސާފައިވަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ. އަދި މީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް ”ވަބާލް“ ގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




