ޕާކިސްތާނުގެ މަޝްހޫރު ބަތަލާ ސަޖަލް އަލީ، ޕާކިސްތާނުގެ ސިޔާސީ ޕާޓީ ތެހްރީކް-އެ-އިންސާފްގެ ޗެއާމަން އަދި އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި އިމްރާން ޚާންގެ ދަރިންނާއެކު ނަގާފައިވާ ފޮޓޯއެއް ވައިރަލްވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
”ވަޓް ލަވް ގޮޓް ޓު ޑޫ ވިތު އިޓް؟“ ޕްރިމިއާކުރުމަށް ދާދިފަހުން ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ބޭއްވި ރަތްދޫލަ ހަފުލާގައި ސަޖަލް ބައިވެރިވި އެވެ. މި ފިލްމަކީ އިމްރާން ޚާންގެ ކުރީގެ އަނބިމީހާ، އިނގިރޭސިވިލާތުގެ ފިލްމު ޕްރޮޑިއުސަރ ޖެމީމާ ގޯލްޑްސްމިތު ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ލިޔުމުގައިވެސް ޖެމީމާ ބައިވެރިވެ އެވެ.
ފިލްމު ޕްރިމިއާކުރުމަށް ބޭއްވި ރަތްދޫލަ ހަފުލާގައި އިމްރާން ޚާނާއި ޖެމީމާގެ ދެ ފިރިހެން ދަރިންކަމަށްވާ ސުލައިމާން އަދި ޤާސިމް ޚާން ބައިވެރިވި އެވެ. ރަތްދޫލަ ހަފުލާގައި މި ފިލްމުގެ އެހެން ތަރިންގެ އިތުރުން އިމްރާން ޚާންގެ ދަރިންނާއެކު ސަޖަލް އަލީ ނަގާފައިވާ ފޮޓޯ މީސް މީޑިއާގައި ވައިރަލްވެ ސަޖަލްގެ ފޭނުން އެމީހުންގެ ޚިޔާލުތަކާއި ޝުޢޫރުތައް ފާޅުކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ.
ޕާކިސްތާނުގެ ގިނަ ފަންނާނުންތަކެއް ފެނިގެންދާ މި ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޝަބާނާ އާޒްމީވެސް ހަރަކާތްތެރިވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




