އޯކޭޒްއިންކާއި ބައިސްކޯފު ގުޅިގެން ބައިސްކޯފުން މިދިޔަަ މަހު 21ގައި ގެނެސްދޭން ފަށާފައިވާ ވެބް ސީރީޒް “ގުދަން”ގެ ހަތަރުވަނަ އެޕިސޯޑާ ހަމައިން މި ސީރީޒްގައި ކިޔައިދެމުން އަންނަ ވާހަކަ ނިއުޅެމުން، ކަންކަން ސާފުވެ ގުދަނުގައި ބަޔަކު ތާށިވެގެން ތިބެން ޖެހޭ ސަބަބު ހާމަވެއްޖެ އެވެ.

“ގުދަން” ސީރީޒްގައި ކިޔައިދެނީ ކަމަކާާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ރެއިޑަކާއި ގުޅިގެން ފުލުހުންނަށް ފިލުމަށް ބަޔަކަށް ގޮސް ވަދެވޭ ގުދަނެއްގެ ތެރޭގައި ހިނގާ ކަންތައްތަކެކެވެ. އެ ކަންތައްތަކުގެ ތެރެއިން ކޮންމެ މީހެއްގެވެސް ދިރިއުޅުމުގައި ހިނގާފައިވާ ބައެއް ކަންކަންވެސް ދައްކައިދެ އެވެ.

ބޮޑު ސަސްޕެންސެއްގެ ތެރޭގައި އެނބުރެމުން އަންނަ ވާހަކައެއް ދައްކުވައިދޭ މި ސީރީޒަކީ މުޖުތަމައުގައި ހިނގަމުންދާ އެކި އިޖްތިމާއީ މައްސަލަތަކަށް އަލިއަޅުވާލާ ތްރީލާއެކެވެ. 12 އެޕިސޯޑުގެ މި ސީރީޒްގެ އައު އެޕިސޯޑެއް ކޮންމެ އާދީއްތަ ދުވަހަކު ބައިސްކޯފުން ބަލާލެވޭނެއެވެ.

މުހައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓަކަށް މުންކޮ ލިޔެފައިވާ “ގުދަން”ގެ ސްކްރީންޕްލޭ ލިޔަނީ މަހްދީ އަޙްމަދު އެވެ. ޕްރޮޑަކްޝަންގެ ފަހަތުގައި އޯކޭޒްގެ ވަރުގަދަ ޓީމު އޮތްއިރު، މިއީ އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކުރާ ސީރީޒެކެވެ. ކެމެރާކޮށް ކުލަ ގްރޭޑްކުރީ މުޙައްމަދު ސާމީ އެވެ. މީގެ އޮރިޖިނަލް ސައުންޑް ޓްރެކް އަދި މިއުޒިކްހެދީ ޝަހީދު ލެެގެސީ އެވެ.

ވެބް ސީރީޒް “ގުދަން” ދައްކަނީ އިނގިރޭސި ސަބްޓައިޓްލް ހިމަނައިގެންކަން ފާހަގަކޮށްލެެވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.