🎶”އޭކް ދޯ ތީން”، “ޗޯލީކޭ ޕީޗޭ”، “ދަކް ދަކް ކަރްނޭ ލަގާ”، “ޑޯލަ ރެ”، “އާޖާ ނަޗްލޭ”🎶 މިއީ ކޮން ލަވަތަކެއްކަން މިވަރުންވެސް އެނގޭނެ އެވެ. މަދޫރީގެ މި މަޝްހޫރު ލަވަތަކަކީ އަބަދުވެސް ހިޓް ލަވަތަކެކެވެ. މަދޫރީ ސްޓައިލް ނުވަތަ މަދޫރީ ތައްގަނޑުގެ މިފަދަ ކޮންމެ ލަވަޔަކުން ހިތުގެ އެންމެ ހިމަނާރާވެސް ކުޅެލައެވެ. އަނެއްކާވެސް މަދޫރީގެ މިވަނީ މިފަދަ މަޝްހޫރު ލަވައެއް ނެރެފައެވެ.

ޕްރައިމް ވީޑިއޯއިން އަންނަ މަހު 06ގައި ރިލީޒްކުރާ ފިލްމު “މަޖާ މާ”ގައި ހިމެނޭ “ބޫމް ޕަޑީ” ލަވަ ރިލީޒްކުރީ މިމަހު 15 ގައެވެ. ލަވަ ރިލީޒްކުރިތާ ތިން ދުވަސް ތެރޭގައި މި ވީޑިއޯއަށް 11 މިލިޔަނަށް ވުރެން ގިނަ ވިއުޒް ލިބިފައިވެއެވެ.

ޝްރޭޔާ ގޯޝަލް އަދި އޮސްމާން މީރް ކިޔާފައިވާ މި ލަވައިން މަދޫރީގެ އެންމެ ހިތްގައިމު އަދި ރަސްމީ ނެށުމުގެ ހަރަކާތްތައް ފެނިގެންދެ އެވެ.

“އަހަރެން ވަރަށް އުފާވެއްޖެ އަދި އިތުރު ފޯރިއެއް ލިބިއްޖެ މި ފައްކާ ލަވަ ކިޔައިލެވުމުން،” ފުރަތަމަ ފަހަރަށް މަދޫރީ އުޅޭ ފިލްމެއްގެ ލަވައެއް ކިޔައިލަން ޝްރޭޔާ ގޯޝަލް އަށް ލިބުނީ ފިލްމު “ދޭވްދާސް” އިންކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.

“‘ބޫމް ޕަޑީ’ އަކީ މަދޫރީގެ ފުރަތަމަ ގަރްބާ ޑާންސް ނަމްބަރަށް ވެފައި މަށަށް މި ލަވަ ކިޔާލަން ލިބުމުން ވަކީން ބޮޑަށް މި ލަވަ ޚާއްޞަވި. އަހަންނަށް ޔަގީން ބެލުންތެރިންނަށް މި ލަވަ ވަރަށް ކަމުދާނެ ކަމަށް. އަދި ހުރިހާ ތަނެއްގައި ވެސް ފެސްޓިވް ސީޒަން ފޭވަރިޓް ލަވައަކަށް މި ލަވަ ވެގެންދާނެކަމަށް ވެސް އަހަރެން އުއްމީދުކުރަން.” ޝްރޭޔާ ގޯޝަލް އިތުރަށް ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.