އެއީ މިދިޔަ އަހަރުގެ ޖުލަައި މަހުގެ 14 ވަަނަ ދުވަހެވެ. ރޮޗެލް ގްރޯނަރ އާއި އޭނާގެ ފިރިމީހާ ތިބީ އިޒްރޭލުން ބްރަސަލްސް އަށް ދަތުރުކުރަމުންދިޔަ ފްލައިޓެއްގަ އެވެ. އެއީ އަށްގަޑިއިރުގެ ދިގު ދަތުރެކެވެ.
އޯޓިޒަމް ސިންޑްރޮމް ހުންނަ ކުޑަ ފިރިހެން ކުއްޖެއް ކޮންޓްރޯލުން ނަައްޓައިގެން އުޅެންފެށި އެވެ. އެކުއްޖާ ހުއްޓައިނުލާ ރޮއެ ނަގަަނީއެވެ. އެއްވެސް ކޮންޓްރޯލެއް ނެތި ތެޅިފޮޅެމުންދަނީ އެވެ. އެކުއްޖާ ކޮންމެވެސް އެއްޗެއް ބުނަން ބޭނުންވެ އެވާާހަކައެއް ނުބުނެވިގެން އުޅެނީކަން ރޮޗެލް އަށް ދެނެގަނެވުނެވެ.
ކުއްޖާާ ރުއިން ހުއްޓާލާނެ އިރެއް ނުވެސް އެނގޭފަދަ އެވެ. ކުއްޖާ ތެޅިފޮޅެމުން ރޮއެ ހަަޅޭއްލަަވާތީ އެހެން ފަަސިންޖަަރުންނަށް އުނދަގުލަކަށްވި އެވެ. ރޮޗެލް އިށީންދެގެން އިން ސީޓުން ތެދުވެގެންގޮސް އެކުއްޖާާ ކައިރީ އިށީންދެއްޖެ އެވެ. ވަރަށް ލޯބިން އެކުއްޖާގެ ގައިގާ ބައްދާލި އެވެ. ތުއްތުކުދިން ލޮއްސާގޮތަށް އުނގުގައި ބާއްވަައިގެން ލޮއްސަންފެށި އެވެ. އިސާހިތަކުން އެކުއްޖާ މަޑުޖެހިއްޖެ އެވެ.

އޯޓިޒަމް ކުއްޖާއާއިއެކު ކުޅުމުގަައި ރޮޗެލް
އަށްގަޑިއިރުގެ އެ ދިގު ދަަތުރު ނިމެންދެން ރޮޗެލް އިނީ އެކުއްޖާ ކައިރީގަައި އިށީންދެގެންނެވެ. މަތިންދާާބޯޓްގައި ފަސިންޖަަރުން ހޮޑުލަވައިގަތުމުން ހޮޑުލާާން ހުންނަ ކޮތަޅު ރޫޅާލައިގެން ކޮތަޅުގެ ކަަރުދާާހުގަައި ތަަފާާތު އެއްޗެހި ކުރެހުމުގަައި ވަގުތު ހޭދަަކުރިއެވެ. ރޮޗެލް މި ހުރިހަައި ކަމެއް ކުރިއިރު އޭނާާގެ ފިރިމީހާ ހުރީ ފޮޓޯނަގާށެވެ. އޭނާާ ނެގި ފޮޓޯތައް މިވަނީ އާާއްމުކޮށްފަ އެވެ.
ރޮޗެލް އަކީ ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވަަމުން އަންނަ މީހެކެވެ. ރޮޗެލް އަށް އެކުއްޖާާގެ އުޅުމުން އެކުއްޖާ ބޭނުންވާ ކަަންތައް އެހާ ފަސޭހައިން ދެނަގަަނެވުނީވެސް އެހެންވެގެން ނެވެ. ރޮޗަލް ގެ ސަބަަބުން އެހެން ފަސިންޖަަރުންނަށް ފަސޭހަކަަމެއް ލިބުނެވެ. ފަސިންޖަރުން އަސްތަރީސްކޮށްލީ ރޮޗަލްގެ އޯގާތެރިކަަމާއި ހުނަރުވެރިކަން ފެނިފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




