މުޖުތަމަޢުގައި ދެކެވޭ އެކިއެކި ވާހަކަތަކުން ޝައުޤުވެރި މައުޟޫތައް ނަގައިގެން، ކޮންމެ ހަފުތާއެއްގައި ނަގާ މަޢުޟޫއަށް ސަކަ މަޖާ ގޮތެއްގައި ދެ ބަޔަކަށް ބަހާލައިގެން ބަހުސް ސްޓައިލްގައި ވާހަކަދައްކާނެއެވެ.
ޝޯވގެ ޓައިޓްލްގައި ބުނެފައިވާ ގޮތަށް “މިއީ ދެކެވޭ ވާހަކަ ވިތު ރިފްޒާ” އެވެ. އާދެ، ރިފްޒާ އަކީ ރާއްޖޭގެ މައި މީޑިއާ ޕީއެސްއެމްގެ އިތުރުން، ވީޓީވީ ފަދަ މަޝްހޫރު މީޑިއާތަކުގައި މަސައްކަތްކޮށްފައިވާ މަޝްހޫރު ޕްރެސެންޓަރެކެވެ.
ޝޯވގައި ހިމެނޭ މަޢުޟޫއަށް، އެ ބައިވެރިއަކު އިޚްތިޔާރުކުރާ ކޮޅަކަށް ވާހަކަދައްކައިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ރިފްޒާއާއެކު މަޖާ ވަގުތުކޮޅެއް، ކްލަބްހައުސް މުނިއަވަސް ވާރޝަން މެދުވެރިކޮށް ހޭދަކޮށްލުމަށް މިވަރެއް ނޯންނާނެއެވެ.
މި ޝޯވް އޮންނާނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގެ ރޭ 10:30 ން 12:00 އަށެވެ.
ކިޔުންތެރިންގެ ޚިޔާލު
