އަހަރެމެންގެ މުޖުތަމަޢުގެ، ހަމަ ކޮންމެ ފަރުދަކީ ކޮންމެވެސް ރޮނގަކުން، ކޮންމެވެސް ދާއިރާއެއްގެ ހުނަރުވެރިއެއް

ކުޑައިރު އެންމެ ވާން ބޭނުންވި މީހާއަށް ވެވުނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށްބާ؟

“އަހަރެން” ކުރިއަށް ދާން ބޭނުންވި ދާއިރާއިން އަހަންނަށް ކުރިއަށް ދެވުނުބާ؟

“އަހަރެންގެ” ޅަދުވަހާއި ޒުވާން އުމުރުގެ ތަޖުރިބާތަކުން އިބުރަތެއް، ފިލާވަޅެއް ދެވަނަ މީހަކަށް ލިބުމަށް ހަމަ ގައިމުވެސް “އަހަރެން” އެދެން.

ތަފާތު ދާއިރާތަކުގެ، ތަފާތު ހުނަރުވެރިންގެ ވަރަށް ތަފާތު ވާހަކަތަކަކާއެކު،

މުނިއަވަސް ކްލަބްހައުސް އިން ގެނެސްދެނީ “އަހަރެން”

ކޮންމެ އާދިއްތަ ދުވަހެއްގެ ރޭ 10:30 – “އަހަރެން”

“އަހަރެން” މިއީ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ 10:30ގައި ގެނެސްދޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމު ހުށައަޅައިދޭނީ ރީޝަމް ޢަލީ އެވެ.

މުނިއަވަސް ކްލަބްހައުސް އެހެން ޕްރޮގްރާމުތަކެކޭ ވެސް އެއްފަދައިން މި ޕްރޮގްރާމު މެދުވެރިކޮށްވެސް އެހުންތެރިންނަށް ފައިދާހުރި މަޢުލޫމާތުތަކެއް ލިބިގެންދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.