މުނިއަވަސް ކްލަބްހައުސް އަކީ ކޮބާ؟

މުނިއަވަސް ކްލަބްހައުސް އަކީ ރާއްޖެއަށް ކްލަބްހައުސް ތަޢާރަފުވެ އެންމެ ބޮޑަށް ވައިގައި ހިފި ދުވަސްވަރު ވުޖޫދަށް ގެނައި، މުނިއަވަސް އޮންލައިން ނޫހުގެ ގޮތްޕެކެވެ. މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމުތައް ފެށީ 23 ޖޫން 2021ގަ އެވެ. ހަމަ އެ އަހަރު ސެޕްޓެމްބަރު 01ގައި މުނިއަވަސް ކްލަބްހައުސްގެ ޕްރޮގްރާމުތައް ރީ-ބްރޭންޑްކޮށް ރަސްމީ ޕޮޑްކާސްޓިން ސްޓައިލްގައި ފެށިއެވެ. މުނިއަވަސް ކްލަބްހައުސް ރީ-ބްރޭންޑިން އިފްތިތާހްކޮށްދެއްވީ ރާއްޖޭގެ މީޑިއާގެ އެންމެ ހިތްގައިމު އަޑުގެވެރިޔާ، މިހާރު ރާއްޖޭގައި ރީބްރޯޑްކާސްޓިންގެ ޚިދުމަތް ދޭން ފަށާފައިވާ އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު)އެވެ.

މުނިއަވަސް ކްލަބްހައުސް ތަފާތުވަނީ ކިހިނެއް؟

ކްލަބްހައުސްތެރޭގައި ދިވެހިން ހިންގާ އެތަކެއް ބައިވަރު އޮޅިތައް އެބަ ހުއްޓެވެ. ނަމަވެސް އިންތިޒާމުކުރެވި، ތާވަލްކުރެވިގެން މުނިއަވަސްފިލުވައިދިނުމާއި މަޢުލޫމާތު ފޯރުކޮށްދޭ ޝޯވތަކެއް ޒަމާނީ ސްޓައިލްގައި ގެނެސްދެނީ ހަމައެކަނި މުނިއަވަސް ކްލަބްހައުސް އިންނެވެ. މިކަން މުނިއަވަސް ކްލަބްހައުސް އަޑުއައްސަވާ އެހުންތެރީން ތާއަބަދުމެ ފާހަގަކުރައްވަ އެވެ.

މުނިއަވަސް ކްލަބްހައުސް ޓީމު

މުނިއަވަސް ކްލަބްހައުސް ޓީމުގައި ތިބީ މުނިއަވަސްފިލުވައިދިނުމުގެ ޝައުޤުވެރިކަން ހުރި ޓީމެކެވެ. އޯޑިއޯ ޕްރޮޑަކްޝަން އުފެއްދުމާއި ހުށައެޅުމުގެ ތަޖުރިބާ ހުރި ޓީމެކެވެ. ރާއްޖޭގެ ފިލްމީދާއިރާގެ އެންމެ ވަރުގަދަ އުފެއްދުން އުފެއްދި އީސާ ޝަރީފް ފަދަ ބޭފުޅުންވެސް މުނިއަވަސް ކްލަބްހައުސް އުފައްދައި ހިންގުމުގައި އަދި ޕްރޮގްރާމާއި ކޮންޓެންޓް އުފެއްދުމުގައި އަހަރެއްހައި ދުވަހު ހޭދަކުރެއްވި އެވެ. މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ބައެއް މީޑިއާތަކުގައި މަސައްކަތްކޮށްފައިވާ މުނިއަވަސްގެ ޕްރޮގްރާމު ހެޑް ޢާއިޝަތު ރިފްޒާ (ރިފޫ)، ރާއްޖޭގެ އެންމެ މަޤްބޫލުވި އެއް ފިލްމީތަރި، އާދެ ކުރީގެ ފިލްމީ ތަރި ޢާއިޝަތު ޝިރާނީ ފަދަ މަޤްބޫލު ފަރާތްތައްވެސް މި ޓީމުގައި އެބަ ތިއްބެވިއެވެ.

ރިފޫ ގެނެސްދިން “ދެކެވޭ ވާހަކަ ވިތު ރިފްޒާ” އަދި “ކޮން ފިލްމެއް- ކްއިޒް ޝޯވ”އަކީ އަހަރަކަށް ވުރެން ގިނަ ދުވަހު ނިކަން ފޯރިއާއެކު ގެނެސްދިން ޕްރޮގްރާމެކެވެ.

ހަފުތާގެ ކޮންމެ ދުވަހެއްގެ ހެނދުނު “ފަހިފެށުމެއް”ގެ ނަމުގައި ގެނެސްދިން ކާމިޔާބު މޯނިންގ ޝޯ ގެނެސްދިނުމުގައި ލައިނާ އަކީ އެހުންތެރިންގެ ހިތްތަކުން ޚާއްޞަ ޖާގައެއް ހޯދި މޮޅު ހުށައެޅުންތެރިއެކެވެ.

މުނިއަވަސް ކްލްބްހައުސްގައި އެންމެ ހުނަރުވެރިކަމާއެކު، އެންމެ ބަރާބަރަށް ޕްރޮގްރާމުތައް ގެނެސްދިނުމާއި ކޮންޓެންޓް ރެކޯޑިންހެދުމުގައި ހަރަކާތްތެރިވަމުން އަންނަ މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ (ސަންނު)އަކީ މުނިއަވަސް ކްލަބްހައުސް އެހުންތެރިންގެ އެންމެ މަޤުބޫލު އެއް ޕްރެޒެންޓަރެވެ. އަދި މިހާތަނަށް އެންމެ ގިނަ ދުވަހު، މެދުކެނޑުމެއް ނެތި ގެނެސްދެމުން އަންނަ، މުނިއަވަސް ކްލަބްހައުސްގެ އެންމެ މަޤްބޫލު ޕްރޮގްރާމު “ވާހައިން ވާހަކަ” ޕްރޮޑިއުސްކޮށް، ގިނަ ވާހަކަތެއް ކިޔައި ޕްރޮގްރާމު ހުށައަޅައިދެމުން އަންނަނީވެސް ސަންނު އެވެ. މީގެ އިތުރުން “ޑްރާމާ ބާޒީ”އަކީ ވެސް ސަންނު އެ ޕްރޮގްރާމުގެ ހުންގާނުގައި ހިފި ހިސާބުން މުޅީން ތަފާތު ސްޓައިލެއްގައި، ރާވާލެވިގެން ގެނެސްދެމުން އަންނަ މަޤްބޫލު ޕްރޮގްރާމެކެވެ.

@muniavas #VaahakainVaahaka #MUNIAVASClubhouse @mamma.ivry.maldives @shamsuhassan @ahmedrasheed68 @khsannu @maalik966 ♬ original sound – MUNIAVAS

ލަވަ ރިކްއެސްޓް ޝޯތައް މިއީ އެހުންތެރީންގެ ތަރުހީބު އެންމެ ބޮޑަށް ލިބޭ އެންމެ ފޯރިގަދަ އެއް ޕްރޮގްރާމެވެ. ޕްރޮގްރާމުގެ ފޯރި ހިއްޕުމުގައި ޝަމްސިއްޔާ ޙަސަން (ޝަމްސު) އަދި މުޙައްމަދު މާޖިދު (އެމްޖޭ)، ލައިނާ އިބްރާހީމް މަސައްކަތްކުރާއިރު ދެގޮތެއް ނުވެ، މުނިއަވަސް ސްޓޫޑިއޯ އޮޕަރޭޓްކުރަމުން ގެންދަނީ މިވަގުތު މުނިއަވަސް ކްލަބްހައުސްގައި ހުރި އެންމެ ހުނަރުވެރި ސްޓޫޑިއޯ އޮޕަރޭޓަރ މާލިކް ޢަބްދުއްސައްތާރެވެ. ލަވަ ރިކްއެސްޓް ޝޯތައް ހުށައެޅުމާ ދުރަށް ޝަމްސް، އެމްޖޭ، ލައިނާ ޖެހިލާފައިވާއިރު، މިހާރު އެ ޕްރޮގްރާމުގެ ފޯރިހިއްޕައި ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވަނީ ޝަމްރާ (ކުޑާ)ގެ އިތުރުން ރީޝަމް ޢަލީ އަދި މުނިއަވަސްގެ ސީއީއޯ އަޙްމަދު ރަޝީދު (އަންނާރޭ) އެވެ. މީގެ އިތުރުން ސަންނު އަށްވެސް ވަގުތު ދެވުނު މިންވަރަކުން ރިކްއެސްޓް ޝޯތަކުގައިވެސް ހަރަކާތްތެރިވެއެވެ. ހަމަ އެހެންމެ އިވްރީޝާ ޝަފީޤް (އިވްރީ) އަދި މަރްޔަމް ނާޒިމާގެ ބައިވެރިވުންވެސް ލިބެމުން އަންނަކަން ފާހަގަކޮށްލަމެވެ.

ޓިކްޓޮކްގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ “މަންމަ އިވްރީ މޯލްޑިވްސް” ނުވަތަ އިވްރިޝާ ޝަފީޤް އޭނާގެ ޓިކްޓޮކް ހުނަރުތައް ބޭނުންކޮށްގެން މުނިއަވަސް ޕްރޮމޯޓްކުރުމަށް ދޭތެރެއަކުން މަސައްކަތްކޮށްފައިވާއިރު، މިހާރު އަމާޒު ހިފާފައި ހުރީ ނިކަން ވަރުގަދަކޮށް އެކަން ކުރުމަށެވެ.

@mamma.ivry.maldives More of these fun dramatised songs meaning by @Ahmed Rasheed on @MUNIAVAS clubhouse programmes. #dhivehihindhi #hindhi #dhivehi #songmeanings #talentedvoiceactors #creativecontent #maldivian #foryoupage #spreadjoy #smile #expressions #actingwars #bekind ♬ Muniavas dramatised song meanings – 🌟𝔼𝕧𝕖 އިވްރީ 𝕄🌟

ފަރުދާގެ ފުރަގަހުގައި ކުޑަކުޑަކޮށް ފިލާއިނދެ ވިޔަސް، މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރު ސާޖިދު ޢަބްދުﷲ އަކީ ތާއަބަދުމެ މުނިއަވަސް ޕްރޮގްރާމުތަކުގައި ބައިވެރިވެ ޕްރޮގްރާމުތައް ގެންދިއުމުގައި އެހީތެރިވަމުން އަންނަ ފަރާތެކެވެ. މުނިއަވަސްއިން ގެނެސްދެމުން އަންނަ ވާހަކަ ޕްރޮގްރާމުގައި ގެނެސްދޭ ވާހަކަތަކުގެ ޕްރީޕްރޮޑަކްޝަން މަސައްކަތްތަކުގައި ސާޖިދު އަކީ ނިކަން ހިންގުންތެރިއެކެވެ. މީގެ އިތުރުން މުނިއަވަސް އޮންލައިންގައި ބޭރުގެ ފިލްމީ ޚަބަރުތައް އެންމެ ވަރުގަދައަށް ގެނެސްދެނީވެސް ސާޖިދު އެވެ.

މުނިއަވަސްގެ ސީއީއޯ އަޙްމަދު ރަޝީދު (އަންނާރޭ) އަކީ މުނިއަވަސް އޮންލައިންއާއި މުނިއަވަސް ކްލަބްހައުސް ހިންގުމުގެ އިތުރުން ހުރިހައި ޕްރޮގްރާމެއްގައިމެ ބައިވެރިވެ ބަައެއް ޕްރޮގްރާމުތައް ހޯސްޓްކުރަމުން އަންނަ ހުނަރުވެރިއެކެވެ. “އިހްތިރާމީ ދެބަސްވުން” ގެނެސްދިނުމުގެ އެންމެ އިސް މޭސްތިރިއަކީ އަންނާރޭ އެވެ. އޭގެ އިތުރުން އޯޑިއޯ ކޮންޓެންޓް އުފެއްދުމުގެ މަސައްކަތް ދަސްކުރަމުން މިހާރު އެ މަސައްކަތުގައިވެސް އަންނާރޭ ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މުނިއަވަސްގެ ފައުންޑަރ އަދިި ޗީފް އެޑިޓަރ އަޙްމަދު ރަޝީދަކީ މުނިއަވަސް އޮންލައިންގަައި ދިވެހިފިލްމީ އަދި މިއުޒިކީ ޚަބަރުތައް ގެނެސްދިނުމުގެ އެންމެ ބޮޑު އެއް ތަނބެވެ. މީގެ އިިތުރުން މުނިއަވަސް ކްލަބްހައުސް އިން ގެނެސްދޭ ޕްރޮގްރާމުތަކުގެ އޯޑިއޯއުފެއްދުންތައް އުފެއްދުމުގެ އެންމެ މައިގަނޑު ކޮންޓެންޓް ކްރިއޭޓަރއަކީވެސް އަޙްމަދު ރަޝީދެވެ.

މުނިއަވަސް ކްލަބްހައުސް ޓީމަކީ ވޮއިސްއެކްޓިންއަށް ހުނަރުވެރި ޓީމެއް

އިތުރު ވާހަކަތައް ދައްކާކަށް ނެތީމެވެ. އޯޑިއޯތައް އަޑުއައްސަވާލައްވައި އިންސާފުކޮށްލައްވާށެވެ.

މުނިއަވަސް ކްލަބްހައުސް ދެވަނަ އަހަރެއް ފުރިހަމަކުރަނީ

މުނިއަވަސް ކްލަބްހައުސްގެ ޓީމުގެ ވާާހަކަތަކާއި ގެނެސްދިން އަދި ގެނެސްދެމުން އަންނަ ޕްރޮގްރާމުތަކުގެ ވާހަކަތައް ދައްކަން ވެއްޖެނަމަ އެއީ ވަރަށް ގިނަ ވާހަކައެެވެ. އެހެންކަމުން މުނިއަވަސް ކްލަބްހައުސްއަކީ ކޮބައިކަން ދެނެގަތުމަށް މުނިއަވަސް ކްލަބްހައުސްއާ ޖޮއިންކޮށްލައި ޕްރޮގްރާމުތަކުގެ ރީޕްލޭތައް އަޑުއައްސަވައިލުން ބުއްދިވެރި އެވެ.

ތިރީގައިވާ ލިންކަށް ފިއްތަވާާލައްވާށެވެ.

މުނިއަވަސް ކްލަބްހައުސް

މުނިއަވަސް ލަވަ ރިކްއެސްޓް ޕްރޮގްރާމެއްގެ ރީޕްލޭ

ލިޔުންތެރިޔާގެ ފުރަމަލަ

އެޑިޓޯރިއަލް
މުނިއަވަސް ގެ އެޑިޓޯރިލް އިން އެޑިޓޯރިއަލް ސިޔާސަތުގެ ތެރޭގައި ހިމެނޭ ލިޔުންތައް ލިޔާނެ އެވެ.