ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދްނާން ސާމީ އޭނާގެ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީހޭދަކުރަމުން އެބަ ގެންދެ އެވެ. އަދްނާން ރާއްޖެ އައީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ކުޑަވިލިނގިލި ރިސޯޓުގައެވެ.
އަދުނާން ސާމީ ރާއްޖެ އައިސްފައިވާކަން ހާމަކޮށް އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ބުނީ އެތައް ދުވަހަކަށް ފަހު ޗުއްޓީއެއް ބޭނުން ވުމުން، ސުވަރުގެއެއް ފަދަ މި ތަނަށް އަންނަން ނިންމީ ކަމަށެވެ. އޭނާ އިތުރަށް ބުނީ ރާއްޖެއަށް އައުމުން މަރުހަބާ ކިޔާ ގޮތުގެ އަޑުއިވިފައިވާ ކަމަށާއި ނަމަވެސް އެކަން ތަޖުރިބާކޮށްލުމުން މުޅިން ހައިރާން ވެއްޖެ ކަމަށެވެ. އަދި މިއީ ހަނދާނުން ނުފިލާނެ ޗުއްޓީއަކަށް ވާނެ ކަމަށް ކަމަށްވެސް ބުނެފައިވެއެވެ.
ޚާއްޞަކޮށް އެތަނުގެ ވެރީން އަހަރުމެންނަށް މަރުޙަބާ ކިޔުމުން އަހަރެންގެ އާއިލާއަށް އެކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު.” އަދުނާން ސާމީގެ ޕޯސްޓްގައި ބުނެފައިވެ އެވެ.
މިއީ އަދުނާން ސާމީ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އަދުނާން ސާމީގެ މި ޗުއްޓީގެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ. އިންސްޓަގްރާމު ޕޯސްޓްތަކަށް ބަލާއިރު، އޭނާ ޗުއްޓީ ނިންމާލުމަށްފަހު އެނބުރި އިންޑިއާއަށް ދިޔަކަން ނުވަތަ ނޫންކަން އެނގޭފަދަ ޕޯސްޓެއް މިއަދާ ހަމައަށް އައި އިރު ކޮށްފައެއް ނުވެ އެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!