މީގެ ކުރިން އިވޭ ލަވަތަކުގެ ޅެންވެރިކަން ތަފާތެވެ. އަންހެންކުދިން ސިފަކޮށްދެނީ އެކުދިންގެ ފަން އިސްތަށިގަނޑުގެ ވާހަކައާއި ކުލަ ޖަންބު އަރާ ކޯތާފަތުގެ ވާހަކައިންނެވެ. ނުވަތަ “ތޫނު ހަނދު ފާޅުވީހެން ހީވޭ ވިލާ ތެރޭ، މޫނު ބުރުގާ ނެގީމާ މިރޭ” އޭ ބުނެ ތަޢުރީފުކޮށްފައި ހުންނަތަންވެސް ފެނެއެވެ. ނަމަވެސް އަބްދުﷲ ފަރީދު (އަބޯ)ގެ ހިތްގައިމު ޅެންވެރިކަމާއެކު އޭނާގެ އަމިއްލަ ރާގަކަށް ނެރެފައިވާ މި ލަވަ ހަމަ އަސްލަށްވެސް ވަރަށް ތަފާތެވެ.
🎶 ކަޅު ސާލުގައި ފަރުދާ ވެފައި،
އެ އިނީ ޔަގީން ރާނީ އެކޭ،
ލަދުވެތިވެފައި އިން ހޫރެކޭ 🎶
🎶 ތުނި ހަށިގަނޑާ އެވަނާތަކާ،
ވޭ ނިވާވެފާ އެ ޖިލްބާބަކުން،
ކަނބަލުން ތެރޭން ވާ މިސާލެކޭ 🎶
މިއީ އަބޯގެ ހިތްއަވަސްވެ، މޭ ތެޅޭގޮތްވެ، ފޮނި އިހުސާސެއް ކުރުވި ހިޖާބީ ހޫރުގެ ވާހައެވެ. އެކުއްޖާގެ އިޝްގުގައި ޖެހި އަބޯއަށް ވާގޮތްތައް ޤަލަމުން ބަޔާންކޮށް، އެއަށް އަމިއްލަ ހިތްގައިމު ރާގެއް އުފައްދާ އަމިއްލަ އަޑުން ކިޔައި ނެރުނު “ހިޖާބީ ހޫރު” އެތަކެއް ގޮތަކުން ތަފާތެވެ.
ކުރިއަރަމުން އަންނަ ވޯކަލިސްޓު އަބްދުﷲ ފަރީދު (އަބޯ) ސައުންޑްކްލައުޑް، ޔޫޓިއުބް އަދި ފޭސްބުކު މެދުވެރިކޮށް މިމަހު ހަތްވަނަ ދުވަހު އާއްމުކުރި މި ލަވައިން ކިޔައިދެނީ ނިވާކަން ބޮޑުކޮށް ހެދުން އަޅާފައި ތިބޭ އަންހެންކުދިންގެ ރީތިކަމުގެ ވާހަކަތަކެވެ. އަބޯ ބުނާގޮތުން މިއީ މިހާތަނަށް އޭނާ އެންމެ ބޮޑަށް މަސައްކަތްކުރި އެންމެ ބޮޑު ޕްރޮޖެކްޓެވެ.
މަހެއްހައި ދުވަހުގެ މަސައްކަތުން ނެރުނު މި ލަވައިގެ ރެކޯޑިން ހެދީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން އިބްރާހީމް ޒައިދު (ކުޑަ އިއްބެ)ގެ “ޓޮނިކް ލައިވް ސްޓޫޑީއޯ”ގަ އެވެ. ލަވައިގެ ހިތްގައިމު މިއުޒިކާއި މިކްސިން އަދި މާސްޓަރިންގެ މަސައްކަތްކޮށްފައި ވަނީ ކުޑަ އިއްބެ އެވެ.
https://www.youtube.com/watch?v=gi5rT9zGcio&t=42s
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!