ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލާމި ވެޑްސް ލަތާ – އުދަބާނި 2

ފިލްމު “އުދަބާނި 2″ގެ ޝޫޓިން ބާރު ސްޕީޑްގައި ކުރިއަށްދާ އިރު, ފިލްމުގެ ލީޑް ލާމި އަދި ލަތާ ކައިވެނިކޮށްފި އެވެ. ލާމިޢު އަދި ލަތާގެ ކައިވެނި ޕާޓީ ރިސެޕްޝަންގެ ހިތްގައިމު ބެކްޑްރޮޕެއް ރޭގެ ވަގުތެއްގައި ފިލްމުގެ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް މުނިއަވަސްއާ ހިއްސާކޮފައިވެއެވެ.

ލާމިޢު އަދި ލަތާގެ ކައިވެނި ޕާޓީގެ އިތުރު މަންޒަރުތައް މުނިއަވަސްއާ ހިއްސާކުރަމުން އަމްޖޭ ބުނީ “އުދަބާނި 2″ގެ ޝޫޓް ނުކުރެވި މިހާރު އޮތީ 26 މަންޒަރު ކަމަށެވެ.

ރ. މާކުރަތުގައި މި ފިލްމުގެ ޝޫޓިން ކުރިއަށްދާ އިރު ފިލްމުގެ ހުރިހާ ތަރިން ވެސް ތިބީ އެ ރަށުގައެވެ.

“އުދަބާނި 2″ގެ ބަތަލެއްގެ ގޮތުގައި ފެންނާނީ އަހްމަދު އީސާ (އާނަންދު)އެވެ. ބަތަލާއެއްގެ ގޮތުގައި އާމިނަތު ޝުހާ އެވެ. މީގެ އިތުރުން ހާމިދު ޢަލީ، އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ ޖަލީލް، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާ އަދި ވަހީދު ހިމެނެއެވެ.

ލިޔުންތެރިޔާ މުހައްމަދު ގާސިމް ލިޔެފައިވާ ބިރުވެރި ވާހަކައެއް ކަމުގައިވާ “އުދަބާނި”އަށް 2009ވަނަ އަހަރު އުފައްދައި ރިލީޒްކުރި “އުދަބާނި” ފިލްމުގެ ފުރަތަމަ ބަޔަށް ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވެއެވެ.

“އުދަބާނި 2” ކެމެރާކުރަނީ، ތަޖުރިބާކާރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އެވެ. މިއީ ޙާމިދު ޢަލީގެ ‘ލާރނާސް ޕްރޮޑަކްޝަން’ގެ ފިލްމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
އަލީ3 އަހަރު ކުރިން

އުބަދާނި 2 ކިހާވަރަކުން ދާނެބާ

ގުރާބް3 އަހަރު ކުރިން

ލާމި އެންޑް ލަތާ - ކޮންގްރެޓްސް އިނގޭ. ހިހިހިހިހީ

Home
Menu
Search
Back to top